ޚަބަރު ސަރުކާރު

ސަރުކާރުން ދޫކުރާ ކާޑު ބަހަން ހޮނިހިރު ދުވަހު ފަށަނީ

އަލީ ސަމާޙް ، ދެން އޮންލައިން
އެސްޓީއޯގެ ފުށް ގުދަނެއްގައި މުވައްޒަފުންތަކެއް ހަރަކާތްތެރިވަނީ/ ފޮޓޯ: އަދަދު

ކުރިއަށް އޮތް ރޯދަ މަހު ސަރުކާރުން ހިލޭ ދޫކުރާ ފުށާއި ހަނޑޫ ބަހަން ހޮނިހިރު ދުވަހު ފަށަން ނިންމައިފިއެވެ.

Ads by Sosun Fihaara

މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް ފުށް ބަސްތާއަކާއި ހަނޑޫ ބަސްތާއެއް ރޯދަމަހު ދިނުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނު، ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ފަހު އިއުލާންކުރައްވާފައެވެ.

މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާކްސްގެ އާދަމް ޝަރީފް ''ދެން'' އަށް މިއަދު ވިދާޅުވީ އެސްޓީއޯ މެދުވެރިކޮށް ދޫކުރާ ކާޑުގެ ބާވަތްތައް ކައުންސިލުތަކުން ބަހަން ފަށާނީ ހޮނިހިރު ދުވަހު ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެކަން ކުރިއަށް ގެންދަނީ އެސްޓީއޯއާ މިނިސްޓްރީ ގުޅިގެން ކަމަށެވެ. އަދި ރަޖިސްޓްރީ ކުރުމަކާއި ނުލައި ކާޑު ލިބޭނެ ކަމަށް ވިދާޅުވިއެވެ.

''ބޭނުންވާ ބޭފަޅަކު ކައުންސިލަށް ދިޔާމަ ލިބޭނެ" އާދަމް ޝަރީފް ވިދާޅުވިއެވެ.

ރޯދަ މަހު ފެނާއި ކަރަންޓު ބިލު ބޮޑު ނުވާނެ ގޮތަށް ކެޕް ކުރަން ނިންމާފައިވާކަން ރައީސް މުއިއްޒު ވަނީ ދާދީ ފަހުން އިއުލާން ކުރައްވާފައެވެ. އެކަން ކުރަން ސަރުކާރުން ނިންމާފައިވަނީ ރޯދަ މަހު އެހެން މަސްތަކާ އަޅާ ބަލާއިރު ބިލުތައް ބޮޑުކަމުގެ ޝަކުވާ ވަރަށް ބޮޑަށް ރައްޔިތުން ކުރަމުން ގެންދާތީކަމަށް ރައީސް ވިދާޅުވެފައިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!