ޓެކްސް ކޮމިޝަނަރުގެ މަގާމަށް ޔަޒީދު އައްޔަންކުރަށް މަޖިލީހަށް ފޮނުވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމުގައި ހުންނެވި ޔަޒީދު މުހައްމަދުގެ ނަން ހިމެނޭހެން އެ މަޤާމަށް ބޭފުޅަކު އައްޔަންކުރުމަށް މަޖިލީހަށް ފޮނުވައިފިއެވެ.
ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ފަތުހުﷲ ޖަމީލް ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށް މިދިޔަ މަހުގެ އެއްވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޓެކްސް ކޮމިޝަނަރުކަމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި މަގާމަށް ކުރިމަތިލީ މެންބަރުންގެ ތެރެއިން މަގާމުގެ ޝަރުތު ހަމަވާ މެންބަރުންގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގަންނަވާ ތަރުތީބުން މިއަދު ވަނީ މަޖިލީހަށް ނަންތައް ފޮނުއްވައިފައެވެ.
ރައީސް މަޖިލީހަށް ފޮނުވި ނަންތައް:
1. ޔަޒީދު މުހައްމަދު، ވައިޖެހޭގެ، ގއ. ވިލިނގިލި
2. ހަސަން ޒަރީރު، ހުޅުމާލެ، ފްލެޓް ނަމްބަރު ބީ -3-1-ސީ