ޚަބަރު

ޗީފް އޮފް ޑިފެންސް ފޯސް، އަބްދުއްރަހީމް ރިޓަޔާ ކުރައްވަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓު ޖެނެރަލް، އަބްދުއްރަހީމް އަބްދުއްލަތީފް އަންނަ މަހު ރިޓަޔާ ކުރައްވަން ނިންމަފައިފިއެވެ.

Ads by MWSC

އެނގިފައިވާ ގޮތުގައި އަބްދުއްރަހީމް، ސިފައިންގެ ހިދުމަތާ ދުރަށް ވަޑައިގަންނަވަނީ އަންނަ މަހުގެ 17 ގައެވެ. ސިފައިންގެ ގާނޫނުގައި ބަޔާން ކޮށްފައި ވާގޮތުން، ސިފައިންގެ ހިދުމަތުގައި ހުރެވޭނީ އުމުރުން 60 އަހަރުވަންދެނެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އޭނަ އައްޔަންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ގައެވެ. ޗީފް އޮފް ޑިފެންސްގެ މަގާމަށް އަބްދުއްރަހީން އައްޔަންކުރެއްވުމަށް ފަހު، ޑިސެމްބަރު މަހުގެ ތެރޭގައި ލެފްޓިނެންޓް ޖެނެރަލް ރޭންކަށް އޭނަ ޕްރޮމޯޓް ވެސް ކޮށްފައިވެއެވެ.

ސިފައިންގެ ހިތުމަތުގައި އޭނާ އުޅުއްވާތާ މިހާރު 37 އަހަރުވެއްޖެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!