ރެސިޕީ

ދެން ރެސިޕީ: ޑެވިލްޑް އެގްސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާތަކެތި:

Ads by Sosun Fihaara

ބޮޑު 6 އަންގި
3 މޭޒުމަތީ ސަމުސާ މަޔޯނީޒް
1 މޭޒުމަތީ ސަމުސާ މަސްޓަޑް
1 މޭޒުމަތީ ސަމުސާ އެޕަލް ސައިޑާ ވިނެގާ
ލޮނާއި މިރުސް، ރަހަލާ ވަރަށް

ތައްޔާރުކުރާނެގޮތް:

ޕޭންގެ ތެރޭގައި ބިސްތައް އެތުރުމަށްފަހު ފެން އަޅާށެވެ. ރަނގަޅަށް ފެނުކައްކާ ނިމުމުން ބިސްތައް ފިނި ފެނުގައި ބަހައްޓާށެވެ. ރަނގަޅަށް ހިހޫވުމުން ތޮށި ނައްޓާށެވެ. ބިސްތައް ދިގަށް ދެފަޅި ކުރުމަށްފަހު ގޮބޮޅި ނެގުމަށްފަހު ވަކި ތައްޓެއްގައި ބަހައްޓާށެވެ.

އުލަކުން ހުރިހާ ގޮބޮޅިތައް ޗިސްކުރާށެވެ. މެޔޮނައިސް، މަސްޓަޑް، ލޮނު، މިރުސް އަޅައި މިކްސް ކުރާށެވެ. ރަނގަޅަށް މިކްސްވުމުން އައިސިން ބޭގަކަށް އަޅާފައި ބިހުގެ ގޮބޮޅި އިން ބައިގައި މީގެ މިކްސް އަޅާލާށެވެ.

Ads by Ooredoo
  1. އާމިނަ

    ބޮޑު 6 އަންގި މީކީއްކުރާ އެއްޗެއްތޯ