ޚަބަރު އިޖުތިމާޢީ

ދެ ރެއިން 88 ވެހިކަލެއް ޓޯކޮށްފި

ފައިނާ ފާއިޒް ، ދެން އޮންލައިން
ވެހިކަލް ޓޯ ކުރުމުގެ ތެރެއިން

ގްރޭޓާ މާލެ ސަަރަހައްދުގެ މަގުމަތީގައި ބާވެ ''ކުންޏަށް'' ވެފައިވާ ވެހިކަލްތަކާއި، ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ނައްތާލުމަށް ސަރުކާރުން ފަށާފައިވާ ޕްރޮގްރާމްގެ ދަށުން ދެ ދުވަސް ތެރޭގައި ފުލުހުން މާލޭ މަގުތަކުން 88 ވެހިކަލެއް ޓޯކޮށްފިއެވެ.

Ads by Hajj Corporation

'އެކްސް' ގައި ފުލުހުން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ރޭ އެކަނިވެސް، މާލޭ މަގުމަތިން ގަވާއިދާ ހިލާފަށް ޕާކުކޮށްފައި އޮތް 48 ވެހިކަލެއް ޓޯކޮށްފައިއެވެ.

އަދި ބުދަ ދުވަހުގެރޭ 40 ވެހިކަލަކާ ބުރާސްފަތި ދުވަހުގެރޭ ޓޯކުރި 48 ވެހިކަލާއެކު ދެ ރެއިން 88 ވެހިކަލެއް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޕާކު ކުރުން މަނާ ސަރަހައްދުތަކާއި ގްރީން ޒޯނާއި، މަގުތަކާއި ގޯޅިތަކުގެ ކަންމަތިގެ އިތުރުން ސްކޫލުތައް ހިމެނޭ ސަރަހައްދުތައް ފުލުހުން ދަނީ ބަލަމުންނެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކޮށްފައިވާ ތަންތަނާއި، އޮފީސް އިމާރާތްތަކާއި، އާންމު ގޭބިސީތަކާއި ގަރާޖުތަކުން، ހޮސްޕިޓަލްތަކާއި، މިސްކިތްތަކާއި، ވަދެނުކުމެ ހަދާ މީހުންނަށް އުނދަގުވާނެ ގޮތަށް ވެހިކަލްތައް ޕާކުކޮށްފައި ހުންނަ ނަމަ އެ ވެހިކަލްތަކަށް ފިޔަވަޅު އަޅާނެކަމަށް ވެސް ފުލުހުން ވަނީ ބުންޏެވެ.

މާލޭއަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ ހައްލު ކުރުމަށް ޕާކިން ސިސްޓަމްތައް އެކުލަވާލުމުގެ މަސައްކަތްވެސް ކުރިއަށް އެބަދެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!