ޚަބަރު އިޖުތިމާޢީ ސަރުކާރު

އިސް ވަޒީރުގެ ތައުރީފް ރައީސަށް، ވިދާޅުވީ ދެއްކެވީ ގައުމީ ލޯބީގެ މަތިވެރިކަން ކަމަށް

ފައިނާ ފާއިޒް ، ދެން އޮންލައިން
ސްޕެޝަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑްންޓު، އަބްދުއްރަހީމް އަބްދުﷲ

އެއްގަމާއި، ކަނޑާއި، ވައިގެމަގުންވެސް ރާއްޖެ ދިފާއުކުރުމުގެ ޒަމާނީ އަސްކަރީ ގާބިލުކަން ވަރުގަދަކުރުމަށް، މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެމްއެންޑީއެފްގެ އެއާކޯ އިފުތިތާހުކޮށް، އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ހިދުމަތަށް ތައާރަފުކުުރުމާއި ގުޅިގެން ސްޕެޝަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑްންޓު، އަބްދުއްރަހީމް އަބްދުﷲ، ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެވެ.

Ads by MWSC

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒު، ރޭގައި އެ ލިޔުއްވީ ދިވެހި އަސްކަރިއްޔާގެ ތާރީހުގައި ދުވަހަކު ފަނޑުވުމެއްނެތި އަބަދަށް ވިދާނޭ ރަނުގެ ސަފުހާއެއް ކަމަށެވެ.

ގައުމާ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ދެއްވާ އިސްކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

''ތިޔަ ދެއްކެވީ މަނިކުފާނުގެ ހިތްޕުޅުގައި އޮތް ގައުމީ ލޯބީގެ މަތިވެރިކަން. ގައުމާ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ދެއްވާ އިސްކަން.ޝުކުރިއްޔާ ދިވެހީންގެ ރައީސް ޑރ. މުއިއްޒު'' އަބްދުއްރަހީމްގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ރާއްޖޭގެ ތާރީހުގައި މުޅިން އަލަށް ވައިގެ ބާރެއް އުފައްދަވައި، އެ ބާރުގައި ޔޫއޭވީ ބޭނުން ކުރަން ފެށުމަކީ، މިނިވަންކަމާއި އިސްތިގުލާލާއި، ސިޔާދަތު ހިމާޔަތްކޮށް ދިފާއުކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ އަދި މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ބުންޏެވެ.

އެ ހިދުމަތުގެ ސަބަބުން، ރާއްޖޭގެ މަސްކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި، ރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހިނގާފާނެ ގައިރު ގާނޫނީ އަމަލުތައް ހުއްޓުމަށްވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސް ވަނީ މަސްވެރިންނާއި ދަތުރުވެރީންނަށް ހާއްސަކޮށް އުފައްދާފައިވާ މޯބައިލް އެޕްލިކޭޝަން "ރަސް އައިނު" އިފުތިތާހުކޮށްދެއްވައިފައެވެ. އެ އެޕުން މޫސޫމީ އިންޒާރުތަކާއި، ކޯސްޓް ގާޑުގެ މުހިންމު މެސެޖުތައް ބެލެން ހުރެއެވެ. އަދި މަސްވެރިންނަށް މަސްއައިނު ހޯދުމަށާއި، އެހެނިހެން މުހިންމު ކަންކަމަށް މި އެޕްލިކޭޝަން ބޭނުންކުރެވޭނެއެވެ.

Ads by Allied Insurance
  1. ބަލާށޭ

    ޓީވީއެމްގެ ބޮޑުންނަށާއި އަދި ޕްރޮގްރާމް ހޮސްޓް ކުރަން ތިބެނީ ވެސް ދެން ވަރަށް ކެސްބައެކޭ މުޅިން ވެސް ގެނެސްދޭނީ ރޯދަ މަހުވެސް ހިންދީ ރާގު ތަކަށް ކިޔާފައިވާ ދިވެހި ލަވަތައް ތަމެން ޒީނާ ޒާހިރު މެން މަހަށްދޭބަލަ ތަމެންނާއި އަރާ އަރަފޯދިގެންވާ ކަމެއް ނޫނޭ ގައުމީ ވަންތަ ކަން ދައްކުވައިދޭ ގޮތަށް ޓީވީއެމް ހިންގުމަކީ ތަމެންނަކީ ދެން ކޯއްޗެއް ކިޔަވައިގެން ތިބި ރުނޑިންތޭ ތަމެން ފެއްސެންވީއޭ ތިޔާ ބުނާ ނަމްޒާ ވެސް ފެއްސެންވީއޭ ތިޔާ ޕްރޮގްރާމް ޑިރެކްޓަރުން އެއީ ކޮޕީ ޕޭސްޓް ލަވަތައް ޕްރޮމޯޓް ކުރަން އިންޑިއާ އިން ބައިތިއްބާފައި ތިބޭ އެޖެންޓުންތޭ ނުވަތަ އިންޑިއާ އެމްބަސީން ފައިސާ ދީގެން އިންޑިއާގެ ބުދުދީން ކުރިއަރުވަން ތިބޭ އާލާތް ގަނޑެކޭ ޓީވީއެމް ބަންދުކުރާށޭ އެއީ ބޭނުން ތަނެއް ނޫނޭ އެއީ ބަލާއެކޭ ބަލާއެކޭ ބަލާއެކޭ ބަލާއެކޭ ބަލާއެކޭ ބަލާއެކޭ ބަލާއެކޭ ބަލާއެކޭ ބަލާއެކޭ ބަލާއެކޭ ބަލާއެކޭ ބަލާއެކޭ ބަލާއެކޭ ބަލާއެކޭ ބަލާއެކޭ ބަލާއެކޭ ބަލާއެކޭ ބަލާއެކޭ ބަލާއެކޭ ބަލާއެކޭ ބަލާއެކޭ ބަލާއެކޭ ބަލާއެކޭ ބަލާއެކޭ ބަލާއެކޭ ބަލާއެކޭ ބަލާއެކޭ ބަލާއެކޭ ބަލާއެކޭ ބަލާއެކޭ ބަލާއެކޭ ބަލާއެކޭ ބަލާއެކޭ ބަލާއެކޭ ބަލާއެކޭ ބަލާއެކޭ ބަލާއެކޭ ބަލާއެކޭ ބަލާއެކޭ