ޑައިމޯފިން ބޭނުންކުރުމުގެ މައްސަލައެއްގައި މީހަކު ހޯދަނީ
ޑައިމޯފިން ބޭނުންކުރުމުގެ މައްސަލައެއްގައި މީހަކު ހޯދަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ ކަމަށެވެ.
މި އަމުރާ ގުޅިގެން ހޯދަމުންދަނީ ށ. ފޯކައިދޫ / ދަންމަރު، އަޙްމަދު ޒާހިދު (35އ) އެވެ.
އަޙްމަދު ޒާހިދު ހޯދަމުންދަނީ ދައުލަތުން ދައުވާކުރާ، ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2024 މާރިޗު 19 ވަނަ ދުވަހުގެ 09:30 އަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
އަހުމަދު ޒާހިރުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.