ޚަބަރު

އިއްޔެ އެކަނި ވެސް މާލޭގެ މަގުތަކުން 19 ޓަނުގެ ކުނި ނެގި

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލޭގެ މަގުތަކުން އިއްޔެ އެކަނި ވެސް 19 ޓަނުގެ ކުނި ނަގާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.

Ads by STELCO

ސިޓީ ކައުންސިލުން ބުނީ އިއްޔެ އާއި އިއްޔެ ރޭ 1.5 ޓަނުގެ 10 ޕިކަޕު 350 ކިލޯގެ 11 ޕިކަޕުގެ ކުނި ނަގާފައިވާ ކަމަށެވެ. އަދި އެއީ ޖުމްލަ 19 ޓަނުގެ ކުނި ކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ އާންމު ތަންތަނަށް ކުނި އެޅުމަކީ މަނާ ކަމެއް ކަމަށްވާ އިރު، އެފަދަ އަމަލެއް ކޮށްފިނަމަ ޖޫރިމަނާ ކުރަނީ އެކަމެއް ކުރާ މީހަކު 500ރ. އިންނެވެ.

މަގުތަކަށް ކުނި އެޅި މައްސަލަތަކެއްގައި ފެބްރުއަރީ މަހުން ފެށިގެން 100 އަށް ވުރެ ގިނަ މީހުން ޖޫރިމަނާކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

މާލޭ މަގުތަކަށް ކުނި އަޅާ މީހުން ނުވަތަ ބަޔަކު ދެނެގަނެވޭނަމަ, އެ މީހެއް ނުވަތަ އެބަޔަކު ލައްވާ ކުނި ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ.

ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މާލެ ސިޓީގެ މަގުތަކަށް ކުނި އަޅާ މީހުންނަށް ނަސޭހަތްދީ ޖޫރިމަނާކުރުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެންކުރަމުން އަންނަކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!