ޚަބަރު

އީސީއަށް މެމްބަރުން އައްޔަންކުރުމުގެ ބާރު މަޖިލީހަށް ދޭން އެމްޑީޕީން އިސްލާހެއް ހުށަހަޅައިފި

އައިކާ ޔުނާން ، ދެން އޮންލައިން
އިލެކްޝަން ކޮމިޝަންގެ އިދާރާ/ ފޮޓޯ: ދެން

އިލެކްޝަންސް ކޮމިޝަނަށް މެންބަރުން އައްޔަންކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ދިނުމަށް އިދިކޮޅު އެމްޑީޕީއިން މަޖިލީހަށް އިސްލާހެއް ހުށަހަޅައިފިއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވި ބިލު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔޫނުސް އަލީއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައިވަނީ, އީސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލުމާއި ކުރިމަތިލާ މީހުންގެ ނަންތައް ދިރާސާކޮށް, ފާސްކޮށްގެން ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމުގެ ހުރިހާ ކަމެއް މަޖިލީހަށް މަތަކޮށްފައެވެ.

މީގެ ކުރިން ގަވައިދުގައި އޮންނަ ގޮތުން އިލެކްޝަންސް ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމުގެ ބާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ނަމަވެސް, ރައީސަށް މެންބަރަކު އައްޔަން ކުރެވެނީ އާންމުކޮށް އިއުލާނު ކޮށްގެން ހުށަހަޅާ ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުވައިގެން ފާސްކުރުމުންނެވެ.

ޔޫނުސްގެ އިސްލާހު ފާސްވެއްޖަނަމަ, އިލެކްޝަންސް އަށް މެންބަރުން ކަނޑައެޅުމުމުގައި ރައީސުލްޖުމްހޫރިއްޔާގެ ހަމައެކަނި ދައުރަކީ މެންބަރު އައްޔަން ކުރުމަށެވެ.

Ads by Allied Insurance
  1. އަބްދޫ

    ތިޔައީ ގާނޫނުއަސަސީގެ 168 ވަނަ މާއްދާ އާއި ތައާރަޒްވާ އިސްލާހެއް..ސަރުކާރު ހިންގަން މަޖިލީހުންހަވާލުވާވާހަކައެއް ގާނޫނުއަސާސީގެ އެއްވެސް މާއްދާއަކު ނެތް. ޣާނޫނުއަސާސީގެ 168 ބުމނަނީ މޖިލީހަށް ހުށަހަޅާ ނަންތަކުގެތެރޭން. ގާނޫނުއަސަސީންއެގެނީ މަޖިލީހަށް ނަންތައްހުސަހަޅަންޖެހޭނީ އޭރު ހިގަމުންދާ ސަރުކާރަކުންކަން. މަޖީލީހުންއިއުލާންކޮށްގެން ކުރިޔަށްގެންދެވޭނެ އެއްވެސް ހަމައެއް ގާނޫނުއަށާސީ އަކުން ނުފެނޭ.އެމްޑީޕީ ން ގައިރުގާނޫނީ ގައިރު ދުސްތޫރީ އަމަލު ހިންގަން ރާވަން ދެން ބަލަންތިބެންވީތަ؟