ދީން

ދެބައޮޑުވުމާއި، ނެތިމޮށުންފަދަ ބޮޑެތި ފާފަތަކުން ރޯދަވެރިޔާ ދުރުހެލިވާންޖެހޭ: ޚުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ދެބައޮޑުވުމާއި، ނެތިމޮށުންފަދަ ބޮޑެތި ފާފަތަކުން ރޯދަވެރިޔާ ދުރުހެލިވާންޖެހޭ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޞޫއު އަކީ"ރަމަޟާންމަހާއި ދިރިއުޅުން" މިއެވެ.

ހުތުބާގައި ބުނީ ރޯދައިގެ އަޅުކަމުގައި ރޫޙާނީ، އިޖްތިމާޢީ، ޞިއްޙީ ގިނަގުނަ ފައިދާތަކެއްވާ ކަމަށާއި ރޯދަ އަހަރެމެނަށް ކެތްތެރިކަން ދަސްކޮށްދޭ ކަމަށެވެ. ރޯދައަކީ ކެތްތެރިކަމުގެ ދެބައިކުޅަ އެއްބައި ކަމަށާއި ރޯދައަކީ މުސްލިމުންގެ އަޚްލާޤު ތަހުޒީބުކޮށް ތަރައްޤީކޮށްދޭ އަޅުކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.

އަދި ރޯދަވެރިޔާ ރޯދައަށް ހުންނައިރު ރައްކާތެރިވާންޖެހޭ ކަންތައްތަކެއްވާ ކަމަަށާއި ދެބައޮޑުވުމާއި، ނެތިމޮށުންފަދަ ބޮޑެތި ފާފަތަކާ ދުރުހެލިވާން ޖެހޭ ކަމަށް ބުނެފައިވެއެވެ. އަދި ދެބަސްވުންތަކާއި ހަޑިހުތުރު ބަސްތައް ބުނުމުން ވެސް ދުރުހެލިވާންޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ.

ިހުތުބާގައި އިތުރަށް ބުނީ މި މައްސަރުގެ ފައިދާ ހެޔޮގޮތުގައި ލިބޭނީ، ލޮބުވެތި ރަސޫލާ z އާއި މިއުންމަތުގެ ޞަލަފުއްޞާލިޙުން ރަމަޟާން މަހުގައި އަޅުކަން ކުރެއްވިގޮތް ނަމޫނާއަކަށް ބަލައިގެން ކަމަށެވެ. ފަރްޟު ފަސްނަމާދާ ގުޅިގެން ކުރެވޭ ރަވާތިބު ސުންނަތްތަކަށް ރައްކައުތެރިވެ، ސުވަރުގޭގައި ގަނޑުވަރެއް ބިނާކުރާ މީހަކަށް ވުމަށް ހުތުބާގައި ވަނީ ހަނދާނެކޮށްދީފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!