ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި 230އަށްވުރެ ގިނަ އުޅަނދު ޓޯކޮށްފި
ދުއްވާ މީހުންނާ ހިނގާމީހުންނަށް އުނދަގޫވާގޮތަށް މަގުތަކުގައި ޕާކުކޮށްފައި ހުރި 230އަށްވުރެ ގިނަ އުޅަނދު ފުލުހުން ޓޯކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މިމަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 235 އުޅަނދު ފުލުހުން ނަގާ ޓޯ ކޮށްފައިވާކަމަށެވެ.
މިމަސައްކަތުގެ ތެރެއިން އެންމެ ގިނަ އުޅަނދު ނަގާފައިވަނީ މިދިޔަ އަންގާރަދުވަހުއެވެ. އެދުވަހު 60 އުޅަނދު ޓޯ ކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެ އުޅަނދުތައް ނަގާފައިވަނީ ތާޖުއްދީން ސްކޫލް ހިމެނޭ ސަރަހައްދުންނެވެ.
މިމަސައްކަތަކީ މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރުމުގެ ސަބަބުން އާއްމުންނަށް ދިމާވާ ދަތިތަކާއި ގުޅޭ ޝަކުވާތައް ޙައްލުކުރުމަށް ފުލުން ފަށާފައިވާ މަސައްކަތެކެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި އުޅަނދުތައް ޓޯކޮށްފައިވަނީ ސްކޫލު ޒޯންތަކަށް އުނދަގޫވާނެހެން ހުންނަ ތަންތަނުންނާއި މާލޭގެ ބޮޑެތި އަދި ގިނަ މިހުން ބޭނުންކުރާ މަގުތަކުންނެވެ.