ޚަބަރު

ކުށްވެރިން ދޫވާން ސަރުކާރުން ނޭދޭ، އެކަމަކު އެއީ ކޯޓުގެ ބާރެއް: އިހުސާން

އައިޝަތު ނިއުޝާ ، ދެން އޮންލައިން
ހޯމް މިނިސްޓަރު އަލީ އިހުސާން/ ފޮޓޯ: ދެން

ކޯޓުތަކުގެ ނިންމުންތަކާއި ސަރުކާރުގެ ނިންމުންތައް އޮޅުވާނުލުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ގޮވާލައިފި އެވެ

Ads by STELCO

އިހުސާން މިފަދައިން ގޮވާލައި އެކްސްގައި ޕޯސްޓުކޮށްފައި ވަނީ، ތ. ވޭމަންޑޫގައި އަމިއްލަ ކާފަ ދަރިފުޅަކަށް ޖިންސީ ގޯނާކޮށްގެން މިދިޔަ އަހަރު ހައްޔަރުކުރި މީހަކު ދޫކޮށްލި މައްސަލާގައި ސަރުކާރަށް ގިނަ ބަޔަކު ފާޑުކިޔަމުން ދަނިކޮށެވެ

އިހުސާން ވިދާޅުވީ، ތަހުގީގު ނުވަތަ ޝަރީއަތް ނިމެންދެއް ބަންދުގައި ހުންނަ މީހަކު ދޫކޮށްލުމަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ސަރުކާރުން ކުރާ ކަމެއް ނޫން ކަމަށެވެ. އެކަން ކުރާނީ ކޯޓުތަކުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މީގެ ދެތިން ދުވަސްކުރިން ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާގައި ބަންދުގައި ހުރި މީހަކު ކޯޓުން ދޫކޮށްލުމުން އެކަން ހިނގި ގޮތް ރައްޔިތުންނަށް އޮޅުވާލަމުން ދާތީ އެކަން ސާފުކޮށްދެން. އެ ނިންމުނަކީ ކޯޓުގެ ނިންމުން. ސަރުކާރުގެ ނިންމުމެއް ނޫން" މިނިސްޓަރު ވިދާޅުވި އެވެ

އިހުސާން ވިދާޅުވީ މިކަން މިހެން އޮތް ނަމަވެސް ޝަރީއަތް ލަސްވެ އިންސާފް ނުލިބި، ހުކުމަކާ ނުލާ އެތަކެއް ދުވަހު ޖަލުތަކުގައި މީހުން ބަންދުވެފައި ތިބުމަކީ ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫންކަމަށެވެ. އަދި އެކަން ހައްލުކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ދައުލަތުގެ ކަމާބެހޭ ހުރިހާ މުވައްސަސާއަކާ އެކު ކުރާކަމަށް ވެސް ވިދާޅުވި އެވެ

 ވޭމަންޑޫގައި 13 އަހަރުގެ ކާފަ ދަރިފުޅާ ބެހުނު ކަމަށް ބުނާ މައްސަލާގައި މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ހައްޔަރުކުރި، 69 އަހަރުގެ ކާފަ ޝަރުތުތަކަކާ އެކު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ދޫކޮށްލައިފަ އެވެ.

އޭނާ ދޫކޮށްލިއިރު އޭނާގެ މައްޗަށް ކުރާ ޖިންސީ ގޯނާގެ ދައުވާގެ ޝަރީއަތް ވެސް ދިޔައީ ކޯޓުގައި ހިނގަމުންނެވެ.

Ads by HDC
  1. ޙަސަނު

    ﷲ ހަރާމް ކުރައްވާފަވާ އެހެނިހެން ފާފަތަކަށް އަރައިގަންނަ މީހުންދޫވަންޏާ ވަކި ޖިންސީ ގޯނާކުރިމީހަކު ދޫނުވާންވީ ސަބަބެއްނެތް.