ޚަބަރު

ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހި, ނިޔާވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ސްޓެލްކޯގެ ޓްރްންސްފޯމަރުތަކެއް ހަލާކުކޮށްލާފައި

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅެނިކޮށް ކަރަންޓްގައި ޖެހި މީހަކު ރޭ މަރުވެއްޖެއެވެ.

Ads by STELCO

ސްޓެލްކޯއިން މައުލޫމާތު ދެއްވި ގޮތުގައި, ހުޅުމާލެ 2 ގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު މަރުވެފައިވާ ކަމަށެވެ, އެ ހޮސްޕިޓަލްގެ ޑޮކްޓަރުންނާ ހަވާލާދީ، ސްޓެލްކޯ އިން ބުނީ އެ މީހާ ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓް ޖެހުމާއެކު ގިނަ އިރުތަކެއް ނުވެ އޭނާ ވަނީ މަރުވެފައެވެ.

ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުން ވައްކަން ކުރާ މައްސަލަ ބޮޑުވެ، އެ ކަމުގެ ކަންބޮޑުވުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވަނީ މިދިޔަ ހުކުރު ދުވަހު ފާޅުކުރައްވައިފައެވެ. އެގޮތުން އެއީ ވައްކަން ކުރާ މީހުންނަށް ވެސް ނުރައްކާތެރި ކަމެއް ކަމަށް އެމްޑީ ވަނީ ހަނދާންކޮށްދެއްވާފައެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހު އަދި ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވީ ވެސް ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމާ ގުޅިގެންނެވެ.

Ads by HDC
  1. ޟޯޓުބޭ

    އަލްހަމްދުﷲ