ގައުމު ވިއްކާ ކަމަށް ބުނާއިރު، ރައީސް ޔާމީނު ވަނީ ޗައިނާ އަށް މިގައުމު ދަރުވާލާފައި: ރައީސް ނަޝީދު

އިދިކޮޅު ފަރާތްތަކުން ގައުމު ވިއްކާ ވާހަކަ ދައްކާއިރު، ރައީސް ޔާމީނުގެ ސަރުކާރުން ވަނީ ގައުމު ޗައިނާ އަށް ދަރުވާލާފައި ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުގައި ކޮށްފައިވާ ކަންކަމުގެ ވާހަކަ ނުދައްކާ، ގައުމު ވިއްކާލާފައިވާ ކަމަށް ބުނެ އިދިކޮޅުން މި ސަރުކާރުގެ ބޮލުގައި ދޮގު ތުހުމަތު އަޅުވަމުން އަންނަ ކަމަށެވެ.
އަދި ރައީސް ޔާމީނުގެ ސަރުކާރުގައި ހެދި ޑީލްތަކުގެ ސަބަބުން ޗައިނާ ގެ ދަރަނީގެ އަޅުވެތިކަމަކަށް ރާއްޖެ ދިޔަ ކަމަށް ތަކުރާރުކޮށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ އިންޑިއާ އިން ރާއްޖެއަށް އަތްގަދަ ކުރަމުންދާ ކަމަށް ކަމަށް ބުނެ އިދިކޮޅު އެކަމާ ދެކޮޅަށް އަޑުއުފުލަމުން ގެންދާ ދަނޑިވަޅެއްގައެވެ. އެގޮތުން "އިންޑިއާއައުޓު" ގެ ނަމުގައި އިދިކޮޅުން ވަނީ މީސް މީޑިއާ ކެމްޕެއިނެއް ވެސް ފަށާފައެވެ.
ތިވާހަކަަ އަޑުއަހާނެެ މީހަކުު މިހާރުނެތްް. ބޮޑުވަޒީރުކަންް ބޭނުމަސްް ބޮޑުވަރު
އަހަރެމެން މިތިބީ ރައީސް ނަޝީދު އެ ވިދާޅުވި ވާހަކަ އަޑު އަހާ ގޮތަށް.
ޢަޑުއަހާނެމީހެއްމަށަކީވެސް