ޚަބަރު

ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރަން ޖަޕާނުން 1.7 މިލިއަން ޑޮލަރު ދެނީ

އަލީ ސަމާޙް ، ދެން އޮންލައިން
ޖަޕާނާ ރާއްޖެއާ ދެމެދު ވެވުނު އެއްބަސްވުން ދައްކާލަނީ/ ފޮޓޯ: ފޮރިން

ދިވެހިރާއްޖެ އާއި ޖަޕާނާ ދެމެދު ގުޅުން ބަދަހިކުރުމަށް މުހިންމު ހަތަރު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައެވެ.

Ads by STELCO

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ.

ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކޭޗީ މިޑޯރީއެވެ.

ސޮއިކުރެވުނު ހަތަރު އެއްބަސްވުން 

  1. ރާއްޖޭގެ ކަސްޓަމްސް ޑިއުޓީއަށް އެހީވުމަށް ޖަޕާނުން ޕެޓްރޯލް ބޯޓުތައް ދިނުން
  2. ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރުމަށް 260 މިލިއަން ޖަޕަނީޒް ޔެން  (ގާތްގަނޑަކަށް 1.72 މިލިއަން އެމެރިކާ ޑޮލަރު)
  3. ގުދުރަތީ ކާރިސާތަކުން އަރައިގަތުމަށް 600 މިލިއަން ޖަޕަނީޒް ޔެން ( ގާތްގަނޑަކަށް 3.6 މިލިއަން އެމެރިކާ ޑޮލަރު)
  4. ކަސްޓަމްސްގެ ޓްރޯލް އުޅަނދުފަހަރުގެ އޮޕަރޭޝަންތަކަށް އެހީތެރިވުމަށް 56 މިލިއަން ޖަޕަނީޒް ޔެން (ގާތްގަނޑަކަށް 369,889.60 އެމެރިކާ ޑޮލަރު)

މިނިސްޓަރު ޒަމީރު ވިދާޅުވީ ޖަޕާނަކީ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ކަމަށެވެ. ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް އެ ގައުމުން ލިބޭ އެއްބާރުލުން ފާހަގަކުރެއްވިއެވެ.

އަދި ދެ ގައުމުގެ މެދުގައި އޮންނަ ސިޔާސީ ގުޅުން އިތުރަށް ބަދަހި ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.

Ads by HDC
  1. ޙުސޭނު

    މިލިއުމުން އެއްވެސް ވަރަކަށް ނޭންގުން އެއީ ލޯން އެހީއެއްކަމެެއް ނުވަތަ ހިލޭ އެހީއެއް ކަމެއް. އެކަން ބުނެދީފަ އޮތްނަމަ މި ހަބަރު ފުރިހަމަވީސް.