ޚަބަރު

ކޯވިޑް މީޑިއާ ކެމްޕެއިން ރައީސް މިރޭ އިފްތިތާޙު ކޮށްދެއްވަނީ

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ރާއްޖޭގެ އޮންލައިން ނޫސްތަކާއި ޓީވީ، އަދި ރޭޑިއޯގެ އިތުރުން ނިއު މީޑިއާ ގުޅިގެން ކޮވިޑާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ފެށުމަށް ހަމަޖެހިފައިވާ ޚާއްސަ ކެމްޕެއިން، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު އިފްތިތާހު ކޮށްދެއްވަން ނިންމަވައިފިއެވެ.

Ads by Sosun Fihaara

މި ކެމްޕެއިނަކީ ރާއްޖޭގެ ކޮވިޑްގެ ހާލަތަށް އެދެވޭ ހެޔޮ ބަދަލެއް ގެނައުމަށް މީޑިއާތައް ގުޅިގެން ކުރެވިދާނެ ކަންތައްތަކެއް ފާހަގަ ކޮށް އެ މަގަށް މަސައްކަތް ކުރުމަށް ހިންގޭ ހަރަކާތެކެވެ. އެގޮތުން ކޮވިޑާ ގުޅޭ ހަބަރާ މައުލޫމާތު، މީޑިއާތަކުން މިހާރު ގެނެސްދޭ މިންވަރަށް ވުރެ ފުޅާކޮށް، ހުރިހާ މީޑިއާއެއްގައި އެއް ބާވަތެއްގެ މެސެޖުތަކެއް ދެވޭނެ ގޮތަކަށް މަސައްކަތް ކުރުމަކީ މި ހާއްސަ ކެމްޕޭނުގެ އަމާޒެކެވެ.

ކޮވިޑާ ގުޅޭ މިހާއްސަ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކާއި އިސްކަންދޭނެ ހަބަރާއި މައުލޫމާތާ ގުޅޭ ގޮތުން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އިސް ބޭފުޅުންނާއެކު މީޑިއާތަކުން ވަނީ މީގެ ކުރިން ބައްދަލުކޮށް، މަޝްވަރާ ކޮށްފައެވެ. އަދި މި މަޝްވަރާތަކުގެ އަލީގައި މި ހާއްސަ ކެމްޕޭނު ކުރިއަށް ގެންދާނެ ގޮތް ރާވާ އިންތިޒާމުކޮށް ހެދުމުގައި އެކިއެކި މީޑިއާތައް ހިމެނޭ ގޮތުން ސްޓިއަރިން ކޮމެޓީއެއް ވަނީ އެކުލަވާލެވިފައެވެ. އެގޮތުން، މި ހާއްސަ ކެމްޕޭނުގެ މަސައްކަތް ކުރިއަށް ދާނީ ހުރިހާ މީޑިއާތަކެއްގެ ބައިވެރި ވުމާއެކު ސްޓިއަރިން ކޮމިޓީގެ ލަފާގެ މަތިންނެވެ.

މި ކެމްޕެއިން އިފްތިތާޙު ކޮށްދިނުމަށް ހަމަޖެހިފައި ވަނީ މިރޭ 10:00 ގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!