Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
އިޖުތިމާޢީ

ޖަޕާނުން އެންޑީއެމްއޭއަށް ހަތަރު މިލިއަން ޑޮލަރުގެ އެހީ

ޖަޕާނުން އެންޑީއެމްއޭއަށް ހަތަރު މިލިއަން ޑޮލަރުގެ އެހީ
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އަށް, ކާރިސާތަކަށް އިޖާބަދިނުމުގެ ޤާބިލިއްޔަތުކަން އިތުރުކުރުމުގެ ގޮތުން "ދި އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ޖަޕާން ގްރާންޓް އެއިޑް ގެ ދަށުން ހަތަރު މިލިއަން ޑޮލަރުގެ އެހީ ދީފިއެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގައި މި ޕްރޮޖެކްޓުގެ ދަށުން އެއްބަސް ވުމުގައި ސޮއި ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އަދި ޖަޕާނުން ރާއްޖެއަށް ހަމަޖައްސާފައި ހުންނަ ސަފީރު ވަނީ ބައިވެރިވެވަޑައިގަންނަވާފައިއެވެ. އެންޑީއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި މި ޕްރޮޖެކްޓޫގެ ދަށުން، ކާރިސާތަކަށް އިޖާބަދިނުމަށް ބޭނުންކުރާނެ ފަޔަރ ވެހިކަލްއާއި، އަލިފާން ނިއްވާ ޕަންޕު، ފެން ހިއްކާ ޕަންޕު އަދި ސްލަޖް ސަކްޝަން ޓްރަކްއެއް އެ އޮތޯރިޓީއާއި ޙަވާލުކުރެވިގެންދާނެއެވެ. އެގޮތުން،
  • 04 ފަޔަރ ފައިޓިންގ ވެހިކަލް
  • 264 ފެން ހިންދާ ޕަންޕު
  • 40 އަލިފަން ނިއްވާ ޕަންޕު
  • 01 ސްލަޖް ސަކްޝަން ޓްރަކް
މީގެ ތެރޭގައި ހިމެނޭ ފަޔަރ ފައިޓިންގ ވެހިކަލް ތަކާއި އަލިފާން ނިއްވާ ޕަންޕު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ހަވާލުކުރެވޭނެކަމަށްވެސް އެމްޑީއެމްއޭއިން ވަނީ ބުނެފައިއެވެ. އަދި މާލެ ސަރަޚައްދާއި އަތޮޅު ތެރޭގައި ދިމާވާ އަލިފާނުގެ ހާދިސާތަކަށް އިޖާބަދިނުމަށް ކުރިމަތިވާ ގޮންޖެހުންތައް ކުޑަ ކުރުމަށް މިތަކެތި ބޭނުން ކުރެވިގެންދާނެކަމަށް އެ އޮތޯރިޓީއިން ވަނީ ހާމަކޮށްފައިއެވެ. މީގެ އިތުރުން ފެން ހިންދާ ޕަމްޕުތައް ބޭނުން ކޮށްގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ފެން ބޮޑުވެގެން ކުރިމަތިވާ ހާދިސާތަކަށް ހައްލު ގެނެވިގެން ދާނެ ކަމަށާއި މާލެ ސިޓީގެ ނަރުދަމާގެ ނިޒާމަށް މިފަދަ ހާދިސާތަކުގެ ސަބަބުން ދިމާވާ ގެއްލުން ތަކަށް ހައްލު ގެނެވިގެން ދާނެ ކަމަށްވެސް އެމްޑީއެމްއޭއިން ވަނީ ބުނެފައި އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް