ގެއްލިގެން ހޯދި ޒުވާނާ ފެނިއްޖެ

އިއްޔެ މާލެއިން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެެވެ.
ގެެއްލިގެން ހޯދަމުން ދިޔައީ މއ. ޕެރީހީލިއަން، އަކްރަމް ޢަދީލް ސަޢީދު (25އ)އެވެ. ފުލުހުން ވިދާޅުވީ ރޭގެ ވަގުތެއްގައި ހުޅުމާލެއިން އޭނާ ފެނިފައިވާ ކަމަށެވެ.
އެނާ ގެއްލިގެން އާއިލާއިން ރިޕޯޓްކޮށްފައިވަނީ މިމަހުގެ 25ވަނަ ދުވަހު 19:22ހާއިރުއެވެ.

Ads by Allied Insurance