ﷲ އަށް ހަމްދުހުރި، އިތުރު 110 މީހަކު ބަލިން ރަނގަޅު ވެއްޖެ

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 110 މީހަކު މިއަދު ބަލިން ރަނގަޅު ވެއްޖެއެވެ.
މިއަދު ބަލިން ރަނގަޅުވި މީހުންނާ އެކު ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 5265 އަށް އަރާފައެވެ.
މިއަދު ރާއްޖެ އިން އިތުރު 199 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 145 ދިވެހީންނާއި ބަންގްލަދޭޝްގެ 45 މީހަކާއި، އިންޑިއާގެ ފަސް މީހަކާއި ލަންކާ ތިން މީހަކާއި އެމެރިކާ ދެ މީހަކާއި ޗައިނާ އަދި ޖަޕާނު މީހެއް ކަމަށެވެ.
މިއާއެކު ރާއްޖެއިން ފައްސިވި މީހުންގެ ޖުމްލަ ވަނީ 8003 އަށް އަރައިފައެވެ. މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ 2703 މީހެކެވެ.
ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް 29 މީހަކު ވަނީ ނިޔާވެފައެވެ.