ޚަބަރު

އަތޮޅުތަކުން އެންމެ ގިނަ މީހުން ފައްސިވި ދުވަހަކަށް މިއަދު

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

އަތޮޅުތަކުން އެންމެ ގިނަ އަދަދަކަށް މީހުން ފައްސިވި ދުވަހަކަށް މިއަދު ވެއްޖެއެވެ.

Ads by MWSC

އެޗްޕީއޭއިން ބުނީ، މިއަދު އިތުރު 199 މީހަކު ފައްސިވި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 145 ދިވެހީންނާއި ބަންގްލަދޭޝްގެ 45 މީހަކާއި، އިންޑިއާގެ ފަސް މީހަކާއި ލަންކާ ތިން މީހަކާއި އެމެރިކާ ދެ މީހަކާއި ޗައިނާ އަދި ޖަޕާނު މީހެއް ކަމަށެވެ.

މިއާއެކު ރާއްޖެއިން ފައްސިވި މީހުންގެ ޖުމްލަ ވަނީ 8003 އަށް އަރައިފައެވެ.

އެޗްޕީއޭއިން ބުނީ މިހާތަނަށް މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 41 ރަށަކުންނާއި، 16 ރިސޯޓަކުން ކޮވިޑް-19ގެ އެކްޓިވް ކޭސްތައް ފެނިފައިވާކަމަށެވެ. މީގެ ތެރޭގައި 16 ފަތުރުވެރިއަކާއި، ރިސޯޓުތަކުގައި މަސައްކަތްކުރާ 29 މުއައްޒަފުން ހިމެނެއެވެ.

މިވަގުތު މޮނީޓަރިންގެ ހާލަތުގައި އޮތީ ގދ. ތިނަދޫ، ދ. މާއެނބޫދޫ އަދި ދ. ކުޑަހުވަދޫއެވެ.

އަދި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 5265 މީހަކު މުޅިން ރަނގަޅުވެފައި ވާއިރު، މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ 2703 މީހެކެވެ.

ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް 29 މީހަކު ވަނީ ނިޔާވެފައެވެ

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!