ޚަބަރު

ތިން ކިލޯގެ ޑްރަގް އެތެރެކުރަން އުޅެނިކޮށް ހުއްޓުވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އިއްޔެ އަތުލައިގަނެފިއެވެ.

Ads by Sosun Fihaara

ކަސްޓަމްސްއިން ބުނީ އެ މިތަކެތި އަތުލައިގެންފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ބަލާ ފާސްކުރެވުނު ދެ ޕެކޭޖެއްގެ ތެރެއިން ކަމަށެވެ. އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްއެވެ.

އެ އިދާރާއިން ބުނީ އަތުލައިގަތް ދެ ޕެކޭޖްގެ ބަރުދަނުގައި 3.3 ކިލޯ ހުރި ކަމަށެވެ. އޭގެ ތެރެއިން އެއް ޕެކޭޖުގެ ބަރުދަނުގައި 3.1 ކިލޯގްރާމް ހުރިއިރު، ދެވަނަ ޕެކޭޖުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 210 ގުރާމް ހުރިކަމަށް ކަސްޓަމުން މައުލޫމާތު ދެއެވެ.

ދާދި ފަހުން ވަނީ ވައިގެ މަގުން ރާއްޖެއައި ޕާކިސްތާނުގެ ރައްޔިތެއްގެ ލަގެޖުން ވެސް 5:30 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފަައެވެ. އެތަކެތި އަތުލައިގަނެފައިވަނީ މިމަހުގެ 12 ވަނަ ދުވަހު، ޤަތަރުގެ ދޯހާއިން ރާއްޖެއައި ޕާކިސްތާނުގެ 56 އަހަރުގެ ފިރިހެން ފަސިންޖަރެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، އެފަސިންޖަރުގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!