ޚަބަރު

ނަމާދަށް ހުރި މީހެއްގެ ފޯނާއި ވޮލެޓް ނެގި ދެ މީހުން 15 ދުވަހަށް ބަންދުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލޭ މިސްކިތެއްގައި ދަމުނަމާދަށް ހުރި އަންހެނެއްގެ ފޯނާއި ވޮލެޓް ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފިިއެވެ.

Ads by STELCO

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ސަފްވާން އަލީ (އ36)/ ގ. ރޯޝަންހިޔާ/ އާއި މުހައްމަދު ސިޔާހު (36އ) /ގ.ސާމިޔާނާ އެވެ. އެ ދެ މީހުން ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން، ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ. ސަފްވާން އޭނާ އަކީ ވައްކަމާއި މަސްތުވާތަކެއްޗާއި ގުޅުން ހުރި ރެކޯޑް ގިނަ މީހެކެވެ.

ފޯނާއި ވޮލެޓު ވަގަށް ނަގާފައި ވަނީ ސަލާހުއްދީން މިސްކިތުގައި ނަމާދަށް ހުއްޓާ ހޯމަ ދުވަހުގެ ރޭ 03:10 ހާއިރުއެވެ.

ރޯދަ މަސްތަކުގައި ވައްކަމުގެ މައްސަލަތައް އިތުރުވާއިރު، ދާދި ފަހުން ވަނީ މިސްކިތަކުން ފަންކާ އެއް ވަގަށް ނެގި މީހަކު ވެސް ހައްޔަރުކޮށްފައެވެ. މީގެ އިތުރުން ދަރުމަވަންތަ މިސްކިތުން ފެން މޯޓަރެއް ވަގަށް ނެގި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!