ޚަބަރު

ފުވައްމުލަކުގައި އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް, އަނިޔާވީ 27 އަހަރުގެ ފިރިހެނަކަށް

ރައުފާ ރަޝީދު ، ދެން އޮންލައިން
ފުވައްމުލަކުގައި ރޭ ހިނގި އެކްސިޑެންޓުގެ ތެރެއިން, ފޮޓޯ: މީސް މީޑިއާ

އަނެއްކާވެސް ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

Ads by Hajj Corporation

މި އެކްސިޑެންޓު ހިނގާފައިވަނީ ރޭ 11:45 ހާއިރުއެވެ. ފުލުހުން ވިދާޅުވީ އެކްސިޑެންޓު ހިނގަން މެދުވެރިވީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ދިގުވާޑު ނައިބުތުއްތު ހިނގުމުގައި އޮތް އެކްސްކަވޭޓަރެއްގައި ޖެހިގެން ކަމަށެވެ.

މި އެކްސިޓެންޓުގައި އަނިޔާވި މީހާއަށް ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި މިހާރު ދަނީ ފަރުވާދެމުންނެވެ.

މި މައްސަލަ އިތުރަށް ތަހުޤީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ވެސް ފުވައްމުލަކު ސިޓީގައި އެކްސިޑެންޓެއް ހިނގާފައިވާއިރު އެ އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލެއް ކޮންޓްރޯލް ނުވެ ޒިބްރާ ކްރޮސް ޕޯސްޓް ދަނޑީގައި ޖެހިއެވެ. އެ އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއްވި 32 އަހަރުގެ މީހާ ވެސް މާލެ ގެނެސް ދަނީ ފަރުވާދެމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!