ޚަބަރު ސަރުކާރު

ތަރައްގީ އޮތީ ތަރުތީބު ކުުރެވިފައި، ބޭނުންވަނީ އެއްބާރުލުން: ރައީސް

ފައިނާ ފާއިޒް ، ދެން އޮންލައިން
ކެމްޕޭން ޖަލްސާއެއްގައި ރައީސް ރައްޔިތުންނާއި ބައްދަލުކުރައްވަނީ

މި ސަރުކާރުން ތަރައްގީއަށްޓަކައި ކުރަން ޖެހޭ ކަންތައްތައް އޮތީ ތަރުތީބު ކުރެވިފައި ކަމަށާއި، އެކަންކަން ކުރަން ބޭނުންވަނީ ރައްޔިތުންގެ އެއްބާރުލުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

Ads by STELCO

މި މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ކިނބިދޫ ދާއިރާ އަށް ވާދަކުރައްވާ އަލީ އަޝްރަޤުގެ ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަޖިލީހުގައި އޮތް އިދިކޮޅު މެޖޯރިޓީއަށް ތަރައްގީގެ މަޝްރޫއުތައް ހުއްޓުވިގެން ނުވާނެ ކަމަށެވެ.

ރައްޔިތުންނަށް މުހިއްމު ކަމަކީ ކުރިން ފެށިފައިވާ މަޝްރޫއުތައް ނިމި އެ މަޝްރޫތަކުގެ ނަތީޖާ ފެނުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ނިމިދިޔަ ސަރުކާރުން ފެށުމަށް ފަހު އެކި ސަބަބުތަކާއި ހެދި ހުއްޓާލާފައިވާ މަޝްރޫއުތަކަށް ވެސް ރައްޔިތުން އަންނަނީ އިންތިޒާރު ކުރަމުން ކަަމަށް ރައީސް ވިދާޅުވިއެވެ. އެކަން ފަސޭހައިން ކުރުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށް ވިދާޅުވިއެވެ.

"ކޮންމެ ކަމެއްގައި ދެކޮޅު ހަދާ ކޮންމެ ކަމެއްގައި ވޯޓު ދީގެން ރައްޔިތުން ބޭނުންވާ ކަންކަން ވިޔަ ނުދީ ހިފޭއްޓިގެން ނުވާނެ"

އެހެން ނަމަވެސް މި ހުރަސް އެޅުނަތަކާއި އެއްކޮށް ވެސް މިދިޔަ ހަތަރު މަސް ދުވަސް ތެރޭގައި ރައްޔިތުންގެ މަޖިލީހުން ކުރިމަތި ކުރަމުން އަންނަ ދަތިތަކާއި އެކުވެސް މަޝްރޫއުތައް ވާނީ ކުރިއަށް ގެންގޮސްފައި ކަމަށާއި، އެކަންކަން ކޮށް މަޝްރޫއުތައް ނިންމުމަށް ފަހު މި ސަރުކާރުން ވާނީ ނަތީޖާވެސް ރައްޔިތުންނަށް ދައްކާފައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"ތަރައްގީ ހުރީ ރޭވިފައި، މަޝްރޫއުތައް ހުރީ ތަރުތީބު ކުރެވިފައި، ބޭނުން ވަނީ އެއްބާރުލުން" ރައީސް މުއިއްޒު ވިދާޅުވިއެވެ.

މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ރައްޔިތުންގެ އެއްބާރުލުން ރައީސް ވަނީ އެދިވަޑައިގެންފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!