ދުނިޔެ

ލޯބިވެރިން ހޯދަން ބޭނުންކުރާ ފަސް އެޕްލިކޭޝަން ބޭނުން ކުރުން ޕާކިސްތާނުގައި މަނާ ކޮށްފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ޓިންޑަރ އަދި ގްރިންޑަރ ހިމެނޭ ގޮތަށް ލޯބިވެރިން ހޯދަން ބޭނުންކުރާ ފަސް އެޕްލިކޭޝަނެއް ބޭނުން ކުރުން ޕާކިސްތާނުގައި މަނާ ކޮށްފިއެވެ. މި އެޕްލިކޭޝަންތައް ބޭނުންކުރުން މަނާ ކޮށްފައި ވަނީ ބޭއަދަބީ މަންޒަރުތައް ފެންނަގޮތަށް ހުރުމުންނެވެ.

Ads by Sosun Fihaara

މުޅި ދުނިޔޭގެ ނިސްބަތުން ބެލި ކަމުގައި ވީ ނަމަވެސް ދުނިޔޭގެ އެންމެ ގިނަ މުސްލިމުން އުޅޭ ދެވަނަ ގައުމެއް ގޮތުގައި ޕާކިސްތާނު ފާހަގަ ކޮށްލެވޭ އިރުގައި، ކައިވެނީގެ ބޭރުން ގުޅުން ހިންގުމާއި، އެއްޖިންސުން ގުޅުން ހިންގުމަކީ އިސްލާމްދީނުގައި ނަހީ ކުރައްވާފައިވާ ކަމެއް ކަމުން ޕާކިސްތާނުގައި މިފަދަ އެޕްތައް ބޭނުން ނުކުރެވޭ ގޮތް ދަނީ ހަދަމުންނެވެ.

ޕާކިސްތާނުގައި ބޭނުން ކުރުން މަނާ ކޮށްފައިވާ މި 5 އެޕްލިކޭޝަންގެ ސަބަބުން، ގިނަ ބައެއްގެ ދިރިއުޅުމަށް ވެސް ނޭދެވޭ ގިނަ ބަދަލުތަކެއް އައިސްފައިވާ ކަމަށް ޕާކިސްތާނުގެ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީން ވަނީ ހާމަ ކޮށްފައެވެ.

އެގައުމުގައި ވޭތުވެ ދިޔަ 12 މަސް ތެރޭގައި ވެސް 440،000 މީހުން ޓިންޑަރ އެޕްލިކޭޝަން ޑައުންލޯޑު ކޮށްފައިވާ ކަމަށާއި، ގްރިންޑަރ، ސޭހައި އެޕްލިކޭޝަން 300،000 ފަހަރު ޑައުންލޯޑު ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ސްކުއުޓު އެޕްލިކޭޝަން 100،000 ފަހަރު ވޭތުވެ ދިޔަ 12 މަސްދުވަހުގެ ތެރޭގައި ޑައުންލޯޑު ކޮށްފައި ވާކަމަށް ވެސް ޕާކިސްތާން މީޑިއާތައް ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!