ޚަބަރު

ރޯދަ ނުހިފައި އުޅުނު މީހަކު 10 ދުވަހަށް ބަންދުކޮށްފި

އައިކާ ޔުނާން ، ދެން އޮންލައިން
ކްރިމިނަލް ކޯޓު/ ފޮޓޯ:ދެން

 

Ads by STELCO

ރޯދަ މަހު ރޯދަ ނުހިފައި ދުވާލު ގަޑީގައި ކާން އުޅުނު މީހަކު ހައްޔަރުކޮށް, އޭނާގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ޖަހައިފިއެވެ.

އެ ތުުހުމަތުގައި ފުލުހުން މިއަދު ހައްޔަރުކޮށްފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ އެއީ އޭނާއަށް ކުރެވިފައިވާ ކަމެއް ކަމަށް އެއްބަސްވެފައެވެ.

ކޯޓުން ނިންމާފައިވަނީ އޭނާ ބަންދުކޮށްފައިވަނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ. ބަންދު އަމުރުގައިވާ ގޮތުން އޭނާ އެކަން ކުރިކަން ތުހުމަތު ކުރެވޭ ވަރަށް ފުލުހުން ވަނީ ހެއްކާއި ގަރީނާ ހުށަހަޅާއިފައެވެ.

ނަމަވެސް އޭނާ ރޯދަ ދޫކޮށްލާފައިވަނީ ކޮން ގޮތަކުން ކަމެއް, އަދި ހައްޔަރުކޮށްފައިވާ ގޮތާގުޅޭ މާ ގިނަ ތަފްސީލްތަކެއް ބަންދު އަމުރުގައި ނެތެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހު ވެސް ވަނީ ރޯދަ ނުހިފައި އުޅުނު މީހަކު ހައްޔަރުކޮށްފައެވެ. ފުލުހުން އޭރު ބުނީ އޭނާ ހައްޔަރުކުރީ ބަނަހެއް ކައިގެން ކަމަށެވެ. އޭނާގެ ބަންދަށް އޭރު ޖަހާފައިވަނީ ދެ ދުވަހެވެ.

  1. ޚިއަހާން

    ނަމާދު ނުކުރާމީހުން މިހެން ހައްޔަރު ކުރުމެއް ނޯވޭތޯ؟
    ރޯދައަށްވުރެ ނަމާދުގެ މުހިއްމުކަން ބޮޑުވެގެން ނުވަނީތޯ؟