ޚަބަރު

ޕީއެންއެފް ޖަލްސާއަށް އެސްއޯ ފޮނުވީ ރައީސްގެ އިރުޝާދާ ޚިލާފަށް, ފިޔަވަޅު އަޅަނީ!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރޭގެ ޖަލްސާގައި އެސްއޯ ފުލުހުން ހަރަކާތްތެރިވަނީ.. ދެން އިމޭޖްސް

ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ޕީޕަލްސް ނޭޝަނަލް ފްރޮންޓް، ޕީއެންއެފް އުފައްދަން ރޭ ޣިޔާސުއްދީން ސްކޫލްގައި ބާއްވަން އުޅުނު ޖަލްސާއަށް ހުރަސްއަޅައި އެސްއޯ ފުލުހުން ނުކުމެފައިވަނީ އެމަނިކުފާނުގެ ސީދާ އިރުޝާދާ ޚިލާފަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

Ads by MWSC

ރައީސް މިހެން ވިދާޅުވެފައިވަނީ, ޢީދު ސަލާމްކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

"ކުރީގަ ފެނިފަ އެބަހުރި ހަމަ ޚިޔާލު ފާޅުކޮށްލާއިރަށް ޕިކަޕަށް އާޅާލައިގެން ނުވަތަ ވެހިކަލަށް ލައިގެން ގެންދަނީނޫންތޯ. އެކަން އަޅުގަނޑު ޤަބޫލެއް ނުކުރަމޭ މިޤައުމުގަ އޮންނަންޖެހޭނެކަމަކަށް. އެއީ އަޅުގަނޑު މިދަންނަވާ ހަމަޖެހުން ގެނައުމުގެ މާނައަކީ. ކްލިއާ އިންސްޓްރަކްޝަން ދީފައި އޮންނާނެ." އެންއެފް އުފެއްދުމުގެ ޖަލްސާ ޣިޔާސުއްދީން ސްކޫލްގައި ބޭއްވުމަށް މަސައްކަތްކުރަނިކޮށް އެސްއޯ ފުލުހުން ހުރަސްއެޅި މައްސަލައަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވިއެވެ.

އެކަމާ ހިތާމަކުރައްވާކަން ހާމަކުރައްވާ ރައީސް ވިދާޅުވީ، ހޯމް މިނިސްޓަރާއި، ކޮމިޝަނަރ އޮފް ޕޮލިސހާއި ފުލުހުންނާއި ބައްދަލުކުރައްވާ އެމަނިކުފާނު މީގެ ކުރިން ދެއްވާފައިވާ އިރުޝާދަކީ ސިޔާސީގޮތުން އެއްވެސް މީހަކަށް ގޯނާއެއް ކުރުމަށް އެމަނިކުފާނުގެ އެއްވެސް އެންގުމެއް ނާންގަވާނެކަންކަމަށެވެ. ސަރުކާރުގެ އެއްވެސް ހިސާބަކުން އެކަމެއް ނުކުރާނެކަމަށާއި، އެކަމެއް ހިނގައިފިނަމަ ފިޔަވަޅު އަޅުއްވާނެކަމަށް ވިދާޅުވެފައިވާނެކަމަށެވެ.

އޭގެ އިތުރުން އެމަނިކުފާނު އަބަދުވެސް ބޭނުންފުޅުވަނީ ފުލުހުން ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުމަށް ކަމަށާއި، ޚާއްޞަކޮށް ކުރީގައި ފެނުނުގޮތަށް އެސްއޯ ފުލުހުން ރައްޔިތުންނަށް އަނިޔާކޮށް، ހިފާ ހައްޔަރުކުރުންފަދަ އެއްވެސް ކަމަކަށް ޖާގަ ދެއްވަން ބޭނުންފުޅުނުވާކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެން އޮއްވާ ރޭގަ މިފެނުނީ ވަރަށް ގޯސްކޮށް. އަޅުގަނޑު ވަރަށް ކްލިއަރ އިންސްޓަރކްޝަން ދީފައި އޮންނާނީ އެއްގޮތަކަށްވެސް ނުވާނޭ އެސްއޯ ފުލުހުން ފޮނުވައިގެނެއް. ފޮނުވަން ޖެހިއްޖާ އަޅުގަނޑަށް އެނގޭނޭ މިޤައުމުގަ އެހިސާބަށް ދިޔާމަ. އަޅުގަނޑު ދަންނަވާނަމޭ އެކަން ކުރަންޖެހިއްޖެއްޔާ. އެއީ ބައެއްގެ މުދަލަށް ގެއްލުންދީ ތަނެއްގަ ރޯކޮށް މީހުންނަށް އަނިޔާކޮށް މިކަހަލަ ކަންތައްތައް ނޫނީ މުގައްދަސްތަނަކަށް ނޫނީ މިސްކިތަށް ގެއްލުންދިން. އެނގޭނެ އެންމެނަށް. އިރާދަކުރެއްވިއްޔާ ނުވެސްދާނެ އެހިސާބަށް." ރައީސް އިތުރަށް ވިދާޅުވިއެވެ,

ރައީސް ވިދާޅުވީ، ރޭގައި އެ މަނިކުފާނު އުޅުއްވީ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ދެ ހަރަކާތެއްގައި ކަމަށާއި ހަމަނުޖެހުން ހިނގައިގެން އުޅޭކަން އެނގިވަޑައިގަތީ ނޫހުން ކަމަށެވެ. އެހެންވެ، ވަގުތުން ހޯމް މިނިސްޓަރާއި ޕޮލިސް ކޮމިޝަނަރު ޝުޖާއު އަށް ގުޅުއްވައި ކަން ހިނގި ގޮތް ބައްލަވަން އެންގެވި ކަމަށް ރައީސް ވިދާޅުވިއެވެ.

Ads by HDC
  1. ހެޔޮނުވާނެއޭ

    ދުނިޔޭގެ ޕްރެޝަރު މުއިއްޒުގެ ސަރުކާރަށް ކުރިމަތި ވުމުން އެއިން ރެކެންވެގެން މުއިއްޒު މިހާރު އެއުޅެނީ މުއިއްޒު އެއީ ދޮގު ހަދާ މީހެކޭ އޭނާ ދައްކާ ވާހަކަ ޤަބޫލު ކުރަން ހެޔޮނުވާނެއޭ މައްސަލައިގެ ޝަރީއަތް ނިމުނުތާ 6 މަސް ދުވަސް ވެގެންދާއިރު ހައިކޯޓުން ހުކުމާއި ހަމައަަށް ނުގޮސް އޮތީ އެއީ ސީދާ ސަރުކާރުގެ ލަދު ހަޔާތް ކުޑަ ކަމުން ރައީސް ޔާމީންގެ ޝަރީއަތް ހުއްޓުވާފައޭ އެއޮތީ ބޭނުމަކީ މަޖްލީސް އިންތިޚާބު މަކަރާއި ހީލަތުން ޕީއެންއެފް އަށް ދަމައިގަތުމޭ ހަމަ ހިލާނުވާނެއޭ މުއިއްޒު އެއީ މުނާފިގެކޭ އޭނާ ބުނާ ބަޔަކަށް ވޯޓް ދޭން ހެޔޮނުވާނެއޭ މުއިއްޒު އެއީ މުނާފިގެކޭ އޭނާ ބުނާ ބަޔަކަށް ވޯޓް ދޭން ހެޔޮނުވާނެއޭ މުއިއްޒު އެއީ މުނާފިގެކޭ އޭނާ ބުނާ ބަޔަކަށް ވޯޓް ދޭން ހެޔޮނުވާނެއޭ މުއިއްޒު އެއީ މުނާފިގެކޭ އޭނާ ބުނާ ބަޔަކަށް ވޯޓް ދޭން ހެޔޮނުވާނެއޭ މުއިއްޒު އެއީ މުނާފިގެކޭ އޭނާ ބުނާ ބަޔަކަށް ވޯޓް ދޭން ހެޔޮނުވާނެއޭ މުއިއްޒު އެއީ މުނާފިގެކޭ އޭނާ ބުނާ ބަޔަކަށް ވޯޓް ދޭން ހެޔޮނުވާނެއޭ މުއިއްޒު އެއީ މުނާފިގެކޭ އޭނާ ބުނާ ބަޔަކަށް ވޯޓް ދޭން ހެޔޮނުވާނެއޭ މުއިއްޒު އެއީ މުނާފިގެކޭ އޭނާ ބުނާ ބަޔަކަށް ވޯޓް ދޭން ހެޔޮނުވާނެއޭ މުއިއްޒު އެއީ މުނާފިގެކޭ އޭނާ ބުނާ ބަޔަކަށް ވޯޓް ދޭން ހެޔޮނުވާނެއޭ މުއިއްޒު އެއީ މުނާފިގެކޭ އޭނާ ބުނާ ބަޔަކަށް ވޯޓް ދޭން ހެޔޮނުވާނެއޭ މުއިއްޒު އެއީ މުނާފިގެކޭ އޭނާ ބުނާ ބަޔަކަށް ވޯޓް ދޭން ހެޔޮނުވާނެއޭ މުއިއްޒު އެއީ މުނާފިގެކޭ އޭނާ ބުނާ ބަޔަކަށް ވޯޓް ދޭން ހެޔޮނުވާނެއޭ