އިންޑިއާ އަދި ޗައިނާއިން ގެންނަ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭ ގޮތް ހަދަނީ
(ލ. މާވަށް) ޗައިނާއިންނާއި އިންޑިއާއިން ގެންނަ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭ ގޮތް ހަދަން މަޝްވަރާ ކުރަމުން އަންނަ ކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު ހައްދުންމަތީގެ ރައްޔިތުންނާ ބައްދަލު ކުރައްވަން މިހާރު ކުރަައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މާވަށުގައި ބޭއްވި ޖަލްސާގައި ވަޒީރު ސައީދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ, ޑޮލަރުގެ ކަޅު ބާޒާރު ނައްތާލާ ޑޮލަރުގެ އަގު ތިިރިކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ފައިސާ ޗާޕް ކުރުން ހުއްޓާލުމާއެކު މިހާރު ވެސް ކުރިޔަށްވުރެ ޑޮލަރުގެ އަގު ތިިރިވެފައިވާކަން ފާހަގަ ކުރެއްވިއެވެ.
މަޖިލިސް މެޖޯރިޓީ ލިބިއްޖެނަމަ ޑޮލަރު ރޭޓް 15.42އަށްވުރެ ދަށް ކުރުމަކީ އުދަނގޫ ކަމެއް ނޫން: އިޤްތިޞާދީ ވަޒީރު ސަޢީދު @em_saeed
މިނިސްޓަރު ވިދާޅުވީ, ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ އިންޑިއާ އާއި ޗައިނާ އިން ގެންނަ މުދަލަށް ދިވެހި ރުފިޔާ އިން ފައިސާ ދެއްކޭ ގޮތް ހަދަން… pic.twitter.com/9aQG6TLogF
— Dhen (@DhenOnline) April 11, 2024
އޭގެ އިތުރުން މިހާރު ކުރަމުންދާ ބައެއް މަސައްކަތްތައް ހިއްސާ ކުރެއްވިއެވެ. އެގޮތުން ވިދާޅުވީ, ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކުރަމުން އަންނަ ދެ ޤައުމު ކަމަށްވާ ޗައިނާއާއި އިންޑިއާއާއެކު ކަރަންސީ ސްވަޕް އެގްރީމެންޓެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރާއްޖެއިން އަހަަރެއްގެ މައްޗަށް އެވްރެޖްކޮށް 780 މިލިޔަން ޑޮލަރު އަދި ޗައިނާއިން 720 މިލިޔަން ޑޮލަރުގެ ވިޔަފާރި ކުރެއެވެ.
ސައީދު ވިދާޅުވީ, ޗައިނާއާއެކު ކަރަންސީ ސްވަޕް އެގްރީމެންޓެއް ހަދަން ޗައިނާގެ ސެންޓްރަލް ބޭންކްގެ ގަވަރުނަރަށް ރާއްޖެ ވަޑައިގަތުމަށް ސަރުކާރުން ދައުވަތު ދީފައިވާ ކަމަށެވެ. އަދި އެކަންވުމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކަރަންސީ ސްވަޕް އެގްރީމެންޓްގައި ޓްރޭޑް ފެސިލިޓޭޝަންއަށް ހަމައެކަނި 720 މިލިޔަން ލިބުނުކަމުގައި ވިޔަސް ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއިން އިންޕޯޓް ކުރާ މުދާ ޔުއާންއިން, ރުފިޔާއިން ޕޭ ކުރެވޭނެ" ސައީދު ވިދާޅުވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ, އިންޑިއާއެކު ވެސް މިފަދަ އެއްބަސްވުމެއް ޤާއިމް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މިކަން އެކަނިވުމުން ވެސް ދިވެހި ރުފިޔާ ޑޮލަރުގެ ކުރިމަތީގައި 30-40 ޕަސެންޓް ވަރުގަދަ ވެގެންދާނެ. ކޮބައިތޯ ނަތީޖާއަކަށް ވާނެ ކަމަކީ, އޭރު ޑޮލަރުގެ އަގު 15.42 އިން ވެސް ދަށަށް ދާނެ މުސްތަޤްބަލުގައި" ސައީދު ވިދާޅުވއިެވެ.
މުއިއްޒު އަކީ މުނާފިގެކޭ އޭނާ ދައްކާ ވާހަކަ މިއުޑު ދަށުގައި އަޑުއަހަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ މުއިއްޒު އަކީ މުނާފިގެކޭ އޭނާ ދައްކާ ވާހަކަ މިއުޑު ދަށުގައި އަޑުއަހަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ މުއިއްޒު އަކީ މުނާފިގެކޭ އޭނާ ދައްކާ ވާހަކަ މިއުޑު ދަށުގައި އަޑުއަހަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ މުއިއްޒު އަކީ މުނާފިގެކޭ އޭނާ ދައްކާ ވާހަކަ މިއުޑު ދަށުގައި އަޑުއަހަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ މުއިއްޒު އަކީ މުނާފިގެކޭ އޭނާ ދައްކާ ވާހަކަ މިއުޑު ދަށުގައި އަޑުއަހަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ މުއިއްޒު އަކީ މުނާފިގެކޭ އޭނާ ދައްކާ ވާހަކަ މިއުޑު ދަށުގައި އަޑުއަހަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ