ހަނިމާދު އާއި ޓްރިވެންޑްރަމްއާ ދެމެދު އަލުން ދަތުރުތައް ފަށައިފި

ހދ. ހަނިމާދޫ އާއި ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށާއި ކިޔެވުމަށް ގޮސްއުޅޭ އިންޑިއާ ޓްރިވެންޑްރަމްއާ ދެމެދު ގައުމީ އެއާލައިން، މޯލްޑިވިއަންގެ ދަތުރުތައް އަލުން ފަށައިފިއެވެ.
އިއްޔެ ދަތުރުތައް ފަށާފައިވާއިރު ހަނިމާދު އާއި ޓްރިވެންޑްރަމްއާ ދެމެދު ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ ހުކުރާއި ހޯމަ ދުވަހުވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ، އެ ދަތުރުތައް ކުރާނީ މޯލްޑިވިއަންގެ ޑޭޝް-8 ގެ މަތިންދާ ބޯޓަކުން ކަމަށެވެ. މޯލްޑިވިއަނުން ބުނީ، ހަނިމާދޫ އިން ޓްރިވަންޑްރަމް އަށް ކުރާ ދަތުރުގެ އެންމެ ކުޑަ ފެއާ އަކީ 5،191 ރުފިޔާ ކަމަށެވެ.
ވެބްސައިޓާއި، މޯލްޑިވިއަންގެ އެޕް މެދުވެރިކޮށް ޓިކެޓް ބުކް ކުރެވޭނެ ކަމަށް ގައުމީ އެއާލައިނުން މައުލޫމާތުދެއެވެ.
މީގެ ކުރިން ހަނިމާދޫ އެއާޕޯޓުން ޓްރިވެންޑްރަމްއަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލީ ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމަށެވެ.