ޚަބަރު

ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ ''ސްކޭމް'' އެއް، ފައިސާ ދެއްކި ނަމަ އަންގަން އެދިއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

މަކަރާއި ހީލަތުން އޮޅުވާލައިގެން ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

Ads by Sosun Fihaara

ފުލުހުން މިއަދު ބުނީ، ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ނަގަމުންދާ ކަމުގެ ތުހުމަތު ކުރެވެނީ ''މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް'' ނަމަކަށް ކިޔާ ކުންފުންޏަކަށް ކަމަށެވެ.

އެހެންވެ ފުލުހުން ދަނީ އެ ކުންފުނިން އިތުރު މީހުންގެ އަތުން ފައިސާ ނަގާފައިވޭތޯ ބަލަމުންނެވެ.

އެކުންފުންޏަށް ވެހިކަލް ގެނައުމުގެ ގޮތުން ފައިސާ ދައްކަވާފައިވާ ފަރާތެއްވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!