ގުރައިދޫ ދާއިރާއަށް ވާދަކުރާ ޑިމޮކްރެޓްސް ކެންޑިޑޭޓްގެ ތާއިދު ސަރުކާރު ކެންޑިޑޭޓަށް

އަންނަ އާދިއްތަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ތ. ގުރައިދޫ ދާއިރާއަށް ވާދަކުރައްވާ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު ލީލާ އިބްރާހީމްމަނިކު، ސަރުކާރުގެ ކެންޑިޑޭޓު ހަނާން މުހައްމަދު ރަޝީދަށް ތާއީދުކޮށްފިއެވެ.
ޑިމޮކްރެޓްސް ގެ ކެންޑިޑޭޓު، ޕީއެންސީގެ ކެންޑިޑޭޓަށް ތާއީދުކުރާކަން ހާމަކޮށްފައި ވަނިީ މިރޭ ޕީއެންސީގެ ކެންޑިޑޭޓު، ހަނާންގެ ކެމްޕޭން ޖަލްސާގައިއެވެ. މިކަން ހާމަކޮށްފައި ވަނީ ހޯމް މިސްޓަރު އަލީ އިހުސާނު އާއި ލީލާއެވެ.
މިނިސްޓަރު އިހުސާން ވަނީ ހަނާންއަށް ތާއީދު ކުރައްވަން ލީލާ ނިންމެވި ނިންމުމަށް ޝުކުރު އަދާކޮށްފައިއެވެ.
ނިމިދިޔަ އެމްޑީޕިގެ ސަރުކާރުގައި ލީލާ ވަނީ ވަޒީފާއާ ބެހޭ ޓްރިބިއުނަލްގެ މެމްބަރުކަން އަދާކުރެއްވުމަށް ފަހު ޕާޓީގައި ޖެހުނު މައްސަލަތަކާއި ގުޅިގެން ދަ ޑިމޮކްރެޓްސް އުފެއްދުމުން އެ މާގާމުން އިސްތިއުފާދެއްވުމަށް ފަހު ޑިމޮކްރެޓްސްއާއި ގުޅުވަޑައިގެންފައިއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ގުރައިދޫ ދާއިރާގެ ގޮނޑިއަށް ޕީއެންސީއިން ފަސް މީހުން ވާދަކޮށްފައި ވާއިރު، ޕްރައިމަރީއިން ލީލާ މި ގޮނޑި ކާމިޔާބުކޮށްފައި ވަނީ 523 ވޯޓުންކަން ފާހަގަކޮށްލެވެއެވެ.