ޚަބަރު

ފޯނެއް ވަގަށް ނެގި މީހަކު ހޯދަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ފޯނެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން ފަށައިފިއެވެ.

Ads by Sosun Fihaara

ސޯޝަލް މިޑީއާގައި ވީޑިއޯ ހިއްސާކުރަމުން ފުލުހުން ބުނީ، އެ ވީޑިއޯ އިން ފެންނަ މީހާ އަކީ ގަލޮޅު ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ މައްސަލައެއްގައި ހޯދަމުންދާ މީހެއް ކަމަށެވެ.

އޭނާ ހޯދަމުން ދަނީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހުގެ ވަގުތެއްގައި މަޖީދީ މަގުގައި ހުންނަ ބަންކާ މޯބައިލް ފިހާރައިން މޯބައިލް ފޯނެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެންނެވެ. އެ މީހާ އަކީ  ހޯދަން ބޭނުންވެ، ފުލުހުންނަށް ކާކުކަން ދެނެގަނެވިފައިނުވާ މީހެކެވެ.

ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މައޫލޫމާތެއް ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9631699 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!