Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

އިމްރާންގެ ދިފާޢުގައި ޒައިދު: ފެންކުޅިއާއި ސިޔާސީ އެއްވުމެއްގައި ޕާޓީގެ ދިދަ ހޫރުވުމާ ތަފާތު ދެެއްތޯ؟

އިމްރާންގެ ދިފާޢުގައި ޒައިދު: ފެންކުޅިއާއި ސިޔާސީ އެއްވުމެއްގައި ޕާޓީގެ ދިދަ ހޫރުވުމާ ތަފާތު ދެެއްތޯ؟

ފެންކުޅިކުޅުމާއި ސިޔާސީ އެއްވުމެއްގައި ޕާޓީގެ ދިދަ ހޫރުވުން ތަފާތުކަމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝެއިޚް ޒައިދު މިހެން ވިދާޅުވެފައި މިވަނީ، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިއްޔެ އިންތިޒާމު ކޮށްގެން މާލޭގައި ބޭއްވި އިހުތިޖާޖުގެ ބައިވެރިންނަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފެނިލައި، ދިދަ ވިހުރުވުމުން އެމަނިކުފާނަށް ފިޔަވަޅު އަޅާނެ ކަމަށް ކަރެކްޝަންސްއިން އެންގުމާ ގުޅިގެން، ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲއަށް އަމާޒުވި ފާޑު ކިޔުންތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ.

https://twitter.com/alizaid1000/status/1436595071495802883?s=20

Advertisement
Allied — Dhen Online (box)

ރައީސް ޔާމީނަށް ފިޔަވަޅު އަޅާނެ ކަމަށް ކަރެކްޝަންސްއިން ބުނުމުން، އިދިކޮޅު ފަރާތްތަކުން ވަނީ ކުރީން ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކުރި ހުކުމް ތަންފީޒު ކުރަން މިހާރުގެ މިނިސްޓަރ އިމްރާން އެއިރު ގޭބަންދުގައި ހުންނަވައި ފިތުރު އީދު ފާހަގަ ކުރި މައްސަލަ ވެސް ބެލުމަށް ގޮވައިލައިފައެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ރޭގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގޭބަންދުގައި ހުންނަވައިގެން ޢީދުގައި ބެލްކަންޏަށް ނުކުމެ ފެންކުޅި ކުޅުއްވި މިނިސްޓަރ އިމްރާންއަށް ފުރަތަމަ ފިޔަވަޅު އެޅުއްވުމަށެވެ. އަދި ގޭބަންދުގައި ތިބެ ސިޔާސީ ޕާޓީ ހެދި މީހުންނަށް ވެސް ފިޔަވަޅު އެޅުމަށް ހީނާ ގޮވައިލެއްވިއެވެ.

އިދިކޮޅުގެ މިވާހަކަތަކަށް ރައްދު ދެއްވައި ޝެއިޚް އަލީ ޒައިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިދައަކީ އެއްވުމަށް ޖޯޝް ދެއްވުމެއް އަދި ބައިވެރިވުމެއް ކަމަށެވެ.

"އަޅުގަނޑު ނޭދެން އެއްވެސް ބޭފުޅަކަށް ފިޔަވަޅެއް އަޅާކަށް!" ޝެއިޚް ޒައިދު ވިދާޅުވިއެވެ.

"އިންސާފު ހޯދަން" ނަމުގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިންނަށް ރައީސް ޔާމީން ފެނިލައި ހިތްވަރު ދެއްވުމާ ގުޅިގެން އެމަނިކުފާނާ މެދު ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް