ދުނިޔެ

ކޮވިޑް އިންޑިއާ: 900 އަށްވުރެ ގިނަ ޑޮކްޓަރުން އިސްތިޢުފާދިނުމާއެކު ބޮޑު ހާސްކަމަކަށް

އާއިޝަތު އަލީނާ ، ދެން އޮންލައިން

ކޮވިޑް19 މުޅި ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާއިރު، މި ދަނޑިވަޅުގައި ކޮންމެ ޤައުމަކަށް ވެސް އެންމެ ބޭނުންތެރި އެއް ބަޔަކީ، ކޮވިޑާ ދެކޮޅަށް ކުރާ ހަނގުރާމައިގެ އެންމެ އިސްސަފުގައި ހަރަކާތްތެރިވާ ލަޝްކަރުގެ ސިއްޙީ ޚިދުމަތްތެރިންނެވެ. މިއާއެކު ގިނަ ޤައުމުތަކުން ދަނީ ސިއްޙީ ދާއިރާގައި ހަރަކާތްތެރިވާ ނަރުހުންނާއި ޑަކްޓަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑު ކުރަމުންނެވެ. ނަމަވެސް އަވައްޓެރި އިންޑިއާއިން ފެނިގެން މިދިޔައީ މުޅިން ތަފާތު މަންޒަރެކެވެ.

Ads by Sosun Fihaara

އަަބަދުވެސް ކޮރޮޕްޝަނާއި މީހުންގެ ޙައްޤުތައް ނިގުޅައިގަތުމުގެ ދާއިރާއިން ކުރީސަފުގައި އުޅޭ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރާ އަވައްޓެރި އިންޑިއާގެ ކެރެލާގައި މަސައްކަތް ކުރަމުން އަންނަ 900 އަށްވުރެ ގިނަ ޑަކްޓަރުން މިވަނީ މަޤާމުން އިސްތިޢުފާދީފައެވެ. ސަބަބެއްގެ ގޮތުގައި އެފަރާތްތަކުން ބުނެފައިވަނީ ކަނޑައެޅިފައިވާ އުޖޫރަ އެފަރާތްތަކަށް ނުދިނުމެވެ.

އިންޑިޔާގެ ނޫހެއް ކަމަށްވާ، "އިންޑިޔާ ޓައިމްސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްތިއުފާދީފައިވަނީ، ސަރުކާރުގެ އެދުމުގެ މަތިން، މިއަހަރު އިންޑިޔާގެ ސަރުކާރުގެ މެޑިކަލް ކޮލެޖްއިން ގްރެޖްއޭޓް ވުމަށްފަހު، ސިިއްޙީ ދާއިރާއާ ގުޅުނު 1080 މީހުންގެ ތެރެއިން 904 ޑަކްޓަރުންނެވެ.

އިސްތިޢުފާދިން ޑަކްޓަރުންނާ ހަވާލާދީ، އެނޫހުން އިތުރަށް ރިޕޯޓްކޮށްފައި ވަނީ، އެމީހުންނަށް މުސާރައިގެ  ގޮތުގައި ލިބެނީ ވަރަށް މަދު އަދަދެއް ކަމަށާއި ފިހާރައިގެ ސޭޓުންނަށް ވެސް އެއަށްވުރެ ބޮޑު މުސާރައެއް ލިބޭ ކަމަށެވެ.

"އަހަރެމެން ޤައުމަށް ޚިދުމަތްކުރަން މިނުކުތީ. ރެޔާ ދުވާލު މަސައްކަތް މިކުރަނީ މިތާނގަ. އެކަމަކު ލިބޭ މުސާރައިން ގޭގެ ކުލި ދައްކާހާވަރު ވެސް ނުވޭ. މިވަރުން އަހަރެމެންނަށް އުޅެން ދަތި." އިސްތިޢުފާ ދިން ޑަކްޓަރުންގެ ޓީމްގައި ހިމެނޭ އުމުރުން 25 އަހަރުގެ ރިޝީޔާ ކަޕޫރް އިންޑިޔާ ޓައިމްސްއަށް މަޢުލޫމާތު ދެމުން ބުނެފައިވެއެވެ.

އިސްތިޢުފާދިން ޑޮކްޓަރުން ބުނެފައިވަނީ، އެފަރާތްތަކުން ޤައުމީ ވާޖިބަށް ރެކެނީ ނޫން ކަމަށާއި ނަމަވެސް އެފަރާތްތަކުގެ ކަންބޮޑުވުން މީގެ ކުރިން  ޗީފް މިނިސްޓަރަށާއި ހެލްތް މިނިސްޓްރީއާ ހިއްސާ ކުރި ކަމަށާއި ނަމަވެސް އެފަރާތްތަކުން މިކަމަށް އިޙްމާލުވެފައިވާ ކަމަށެވެ.

އިންޑިޔާގައި ކުއްލި ގޮތަކަށް މިހާ ގިނަ ޑޮކްޓަރުން އިސްތިޢުފާ ދިނުމާއެކު، އިންޑިޔާގެ މިހާރު ވެސް ނާޒުކު ސިއްޙީ ނިޒާމަށް ބޮޑު ލޮޅުމެއް އަންނާނެ ކަމަށް ޤަބޫލު ކުރެވެއެވެ. ދުނިޔެއިން 3 ވަނައަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި އިންޑިއާގައި މިހާތަަނަށް. 3,848,968 މީހަކަށް މިބަލި ޖެހި، 67,486 މީހުން މިބަލީގައި ވަނީ މަރުވެފައެވެ.

  1. އާދަނު

    އަމިއްލަ ގައުމަށް ނުބެލިގެން އުޅޭ ބަޔަކަށް ރާއްޖެއަށް އެހީވާ ހާދަފޯރިއެއް ދާއްކާތަން މިފެންނަނީ

  2. ހެލްޕުވޯކަރު

    މިރާއްޖޭގަ ޑޮކްޓަރުން މާމުހިއްމު ބަޔަކަށް ހަދައިގެން ބޮޑު ސިންގާ މުސާރަޔާ ފުލެޓާދީގެން މިއުޅެނީ. ބައްޔެއް ދެނެގަންނާކަށް ބަލިން ރަނގަޅުވާ ބޭހެއް ދޭކަށް އެނގެނީކީ ނޫން