ދުނިޔެ

އިންޑިއާ އަކަށް ކޮވިޑް ކޮންޓްރޯލް އެއް ނުވި، އެއް މަސް ތެރޭ އެންމެ ގިނަ މީހުން ފައްސިވި ޤައުމަކަށް އިންޑިއާ

އާއިޝަތު އަލީނާ ، ދެން އޮންލައިން

މިދިޔަ އޯގަސްޓް މަހު އެކަނި ވެސް އިންޑިއާއިން ކޮވިޑް19 އަށް ގާތްގަނޑަކަށް 2 މިލިޔަން މީހުން ފައްސިވެއްޖެއެވެ. މިއާއެކު، އިންޑިއާ ވެގެން ގޮސްފައި ވަނީ، އެއް މަސް ތެރޭގައި ޤައުމަކުން އެންމެ ގިނަ މީހުން ފައްސިވި ޤައުމަށެވެ. އަދި އޯގަސްޓް މަހު އެކަނި ވެސް، އެޤައުމުން ކޮވިޑް ޖެހިގެން 28,000 މީހުން ވަނީ މަރުވެފައެވެ.

Ads by WAMCO

3.8 މިލިޔަން ކޭސްއާއެކު އިންޑިއާ މިހާރު އޮތީ މުޅި ދުނިޔެއިން އެންމެ ގިނައިން ކޮވިޑް ޖެހުނު ޤައުމުތަކުގެ ލިސްޓްގެ ތިންވަނައިގައެވެ. މިލިސްޓްގައި އިންޑިއާއަށްވުރެ ކުރީގައި އޮތީ 4 މިލިޔަން ކޭސްއާއެކު ބްރެޒިލް އަދި 6.2 މިލިޔަން ކޭސްއާއެކު އެމެރިކާއެވެ.

މާރިޗް މަހު އިންޑިއާގައި ކޮވިޑް ފެތުރެން ފެށުމާއެކު، އެޤައުމުގެ ސަރުކާރުން ވަނީ ހަަރުކަށި ލޮކްޑައުންއަކަށް ގޮސްފައެވެ. ނަމަވެސް ލޮކްޑައުން ރަނގަޅަށް މެނޭޖް ނުކުރެވި، އެޤައުމުގެ އިޤްތިޞާދު އަރިއަޅާލުމާއި ގުޅިގެން، ލޮކްޑައުންއަށް ބޮޑެތި ލުއިތަކެއް ވަނީ ދީފައެވެ.

އެއް ދުވަސް ތެރޭ އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ އިންޑިއާއިން ކަންވެސް ފާހަގަކޮށްލެއެވެ. މިގޮތުން މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި އެއް ދުވަސް ތެރޭ  64,000 މީހުން އެ ގައުމުން ކޮވިޑަށް ފައްސިވިއެވެ. އެހެން ޤައުމުތަކަށް ބަލާއިރު، މުޅި ދުނިޔެއިން ކޮވިޑް19 އެންމެ ގިނަ މީހުންނަށް ޖެހިފައިވާ އެމެރިކާއިން އެއް ދުވަސް ތެރޭ އެންމެ ގިނަ މީހުންނަށް މިބަލި ޖެހިފައިވަނީ، 47،000 މީހުންނަށެވެ.

އިންޑިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ދައްކައިދޭ ޗާޓެއް، އެންމެ ގިނަ މީހުން ފައްސިވީ އޯގަސްޓް މަހު. ފޮޓޯ: ބީބީސީ

އިންޑިއާގައި ކޮވިޑް19 އަށް ގިނަ ބަޔަކު ފައްސިވަމުން ދިޔަ ނަމަވެސް އިންޑިއާ އަދިވެސް އޮތީ އާބާދީގެ ނިސްބަތުން ބަލާއިރު، ކޮވިޑް19 ޓެސްޓް ކުރާ މިންވަރު ވަރަށް ދަށުގައެވެ. މިގޮތުން މިހާތަނަށް ޓެސްޓް ކުރެވިފައިވަނީ ކޮންމެ މިލިޔަނަކުން 32,000 މީހުންނެވެ. ނަމަވެސް ކޮވިޑް ޖެހިގެން ރަނގަޅުވާ މީހުންގެ ރޭޓް އިންޑިއާގައި ރަނގަޅުކަން ފާހަގަ ކޮށްލެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!