ޚަބަރު

ސިޔާސީ ވިސްނުން ހުރި ގޮތަކުން އެއްވެސް ރައްޔިތަކަށް އަޅާނެ ފިޔަވަޅެއް ނޯންނާނެ: ރައީސް 

ރައުފާ ރަޝީދު ، ދެން އޮންލައިން

ސިޔާސީ ވިސްނުން ހުރި ގޮތަކުން އެއްވެސް ރައްޔިތަކަށް އަޅާނެ ފިޔަވަޅެއް ނޯންނާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައްޔިތުންގެ މަަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން މިހާރު ކުރިޔަށްދާ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިންތިހާބު ނިމުނު ނަމަވެސް ހުރިހާ ސިޔާސީ ޕާޓީތަކުގެ ވެރިންނާއި މެމްބަރުން އެކުވެރިކަމާއެކު އެއް އަޒުމެއްގައި ކުރިޔަށްދާންޖެހޭ ކަމަަށެވެ.

އެގޮތަށް މަސައްކަތްކޮށްފި ނަމަ އެންމެންނަށް ވެސް އުފާވެރިކަން ލިބޭނެ ކަމަށާއި ކޮންމެ ރައްޔިތަކުވެސް ހަމަހަމަ ކަމަށް ރައީސް ވިދާޅުވިއެވެ. ކޮންމެ ޕާޓީއަަކަށް ނިސްބަތްވިޔަސް ކޮންމެ ރައްޔިތަކީ ވެސް މުހިންމު ރައްޔިތެއް ކަމަށާއި އެމަނިކުފާނުގެ ހިތުގައި ކޮންމެ ރައްޔިތަކަށް ވެސް އޮތީ ލޯތްބާއި ގަދަރު ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ އެއްވެސް ބޭފުޅަކަށް ތަފާތެއް ނުކުރާނަން. އެބޭފުޅަކަށް އަޅާނެ ފިޔަވަޅެއް ނޯންނާނެ ސިޔާސީ ވިސްނުން ހުރި ގޮތަކުންނެއް" ރައީސް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ޤައުމު ތަރައްގީކޮށް ކުރިޔަށްގެންދިޔުމަކީ އެންމެންގެ ޒިންމާއެއް ކަމަށާއި އެކުވެރިކަމާއެކު ކުރިޔަށްގޮސްފިނަމަ އެންމެ ތިބޭނީ އުފަލުގަ ކަމަށެެވެ. ހިޔާލު ތަފާތުވުން ދޫކޮށްލައި، އެކުވެރިކަމާއެކު ގައުމު ތަރައްގީ ކުރުމުގައި ކުރިއަށް ދިއުމަށް ޕާޓީތަކުގެ ލީޑަރުންނަށާއި މެމްބަރުންނަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

Ads by HDC
  1. ވަގުންނޭ

    ސަރުކާރަށް މަޖްލީހުގެ މެޖޯރިޓީ ލިބުނީމާ ސަރުކާރަށް ހީވަނީ ލައްކައެކޭ އެނުވާނެއޭ ކަހިރުވަކަށް ވެސް ސަރުކާރަށް ނުވެސް އިނގޭނެއޭ އެމްޑީޕީ އާއި ޕީއެންއެފް ސިޔާސަތު ތަކުގެ އެއްްގޮތް ހުޅުމާލޭގައި ފްލެޓްސް އެޅުމާއި ހުޅުމާލެ ހިއްކާ ގޯތި ދިނުން މީ ދެ ޕާރޓީގެ ވެސް އެއްގޮތް ސިޔާސަތޭ މިފަދަ އިންސްޓްރުމެންޓްސް ތަކަކީ އެއީ ކުރިމަގުގައި މިދެޕާރޓީ ވަކި އެންޓިޓީއެއްގެ ގޮތުގައި ތިއްބަސް މުޒާހަރާ ޖައްސަން ވެއްޖެނަމަ ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކުރާނެ ކަމެކޭ ބަލަން ތިބެއްޗޭ ކަނޑުކޮހުންނޭ