ޚަބަރު

މެންބަރުންގެ ދާއިރާއާ ގުޅޭ އިސްލާމިކް މިނިސްޓްރީގެ ކަންކަމަށް ހާއްސަ މަންދޫބެއް

އައިކާ ޔުނާން ، ދެން އޮންލައިން
އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް އަލީ ސައިީދު

ރައްޔިތުންގެ މަޖިލީހަށް އަލަށް ހޮވުނު މެންބަރުން, އިސްލާމީ ވުޒާރާއިން ގުޅައި އަވަސް ހިދުމަތް ހޯދަން ޖެހޭ ކަންކަމަށް އެ ވުޒާރާގެ މަންދޫބެއް ކަނޑައަޅައިފިއެވެ.

Ads by MWSC

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ, ރައްޔިތުންގެ މަޖްލީހަށް އަލަށް ހޮވުނު މެންބަރުން، ދާއިރާގެ އިސްލާމީ މިނިސްޓްރީއާ ގުޅޭ ކަންކަމުގައި ޚިދުމަތް އަވަސްކުރުމަށް ގުޅުމަށް މިނިސްޓްރީގައި ހަމަޖައްސާފައިވާނީ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ޔާސީން ނައީމް ކަމަށެވެ.

ވަޒީރު ވިދާޅުވީ, އެ ވުޒާރާއިން ބޭނުންވާ ހުރިހާ ހިދުމަތެއް ދާއިރާތަކަށް ވީ އެންމެ އަވަހަކަށް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީން ކަން ދެއްވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދަކީ އެއީ ކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ, ރައްޔިތުންގެ މަޖިލީހަށް ހޮވުނު މެންބަރުންގެ ޕާޓީއަށް ބަލައި އެއްވެސް މެންބަރަކަށް ތަފާތު ނުކުރައްވާނެ ކަމަށެވެ.

"މަޖްލިސް މެންބަރުންނަކީ ރައްޔިތުންގެ މަންދޫބުން ކަމުން އެބޭފުޅުންނަށް މިނިސްޓްރީން އަހައްމިއްޔަތުކަން ދޭނެ. ޕާޓީތަށް ތަފާތުކުރުމެއް ނެތި އެންމެހައި މެންބަރުންނަށް ޚިދުނަތް ދެވޭނެ." ޝަހީމް ވިދާޅުވިއެވެ.

  1. ވަގުންނޭ

    ރާއްޖޭގައި ހީނާ އަށްވުރެން ރަނގަޅަށް ކިޔަވައިގެން ތިބި ކުދިން ތިބެމެ އަދި އެމެންނަކީ ތެދުވެރި ކަމާއި އަމާނާތް ތެރި ކަމަށް ލޯބި ކުރާ މީހުން ކަމަށް ވާއިރު އެމެން ބާކީ ކޮށްފައި ނުކިޔަވާ ތިބި ބަގަތަކަށް ސަރުކާރުގެ މައުތު ޕީސް ދިނުން އެއީ މިސަރުކާރަކީ ހަރާމްކޯރު ބަތާހަރާމީ ސަރުކާރެއްކަން އަންގައިދޭ އަލިގަދަ ދަލީލު ތަކޭ އަމިއްލަ އަށް ކެންސަރު ޖެހުނޭ ކިޔާރޯ ބުހުތާނު ދޮގު ހަދައިގެން އާންމުންގެ ހަމްދަރުދީ ހޯދަން އުޅޭ މީހުންގެ ތެދުވެރިކަން ހުންނާނެ ގޮތް ބަލާދެން