Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ހަށިގަނޑު އެތެރޭގައި ޑްރަގު ފޮރުވި މީހަކު ހާލު ދެރަވެގެން އައިސީޔޫގައި

ހަށިގަނޑު އެތެރޭގައި ޑްރަގު ފޮރުވި މީހަކު ހާލު ދެރަވެގެން އައިސީޔޫގައި

ހަށިގަނޑު އެތެރޭގައި ޑްރަގު ފޮރުވި ދިވެހި ފިރިހެނަކު ހާލު ދެރަވެގެން އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

މީޑިއާތަކަށް ފޮނުވި މެެސެޖެއްގައި ފުލުހުން ބުނީ، ހަށިގަނޑު ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި ބުލެޓްތަކެއް ފޮރުވައިގެން އުޅުނު މީހަކު ހާލު ދެރަވެގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުންދާ ކަމަށެވެ.

ފުލުހުން ބުނީ، އެމީހާ އަކީ މިރޭ މާލޭ ތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއް ކަމަށެވެ. އޭނާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Advertisement
Ooredoo — Square (box)

އެ މީހާގެ އާއިލާއަށް އެކަމުގެ މައުލޫމާތު ދީފައިވާ ކަމަށާއި އެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް