އެޑްވަޓޯރިއަލް

އޮޑިދޯނިފަހަރާއި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރައްވާ 

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މާލޭގައި އަޅާފައިވާ ދޯނިތަކެއް

ވަރުގަދަކޮށް ބަނދެފައި ހުންނަ ކަނޑު އުޅަނދުތަކަށް ވެސް މާސިންގާ ކަނޑުގައި ނުރައްކާތެރިކަމާއި ކުރިމަތިވެއެވެ. މިފަދަ ހާދިސާތައް ކުރިމަތިވެ އޮޑިދޯނިފަހަރު ހަލާކުވުމުން، ދެން ހަދާނެ ގޮތެއް ނޭނގި އޮޑިވެރިޔާ ގޮތް ހުސްވެއެވެ. މިގޮތަށް ގޮތް ހުސްވާން ޖެހެނީ ގިނަ ފަހަރު އޮޑި އިންޝުއަރ ކޮށްފައި ނެތުމުންނެވެ. ނަތީޖާއެއްގެ ގޮތުން މިފަދަ ހާލަތްތަކުގައި ލިބޭ ގެއްލުމުން އަރައިގަންނަން ދަތިވެ، ހިދުމަތް ނުވަތަ ވިޔަފާރި ހުއްޓިގެންދެ އެވެ.

Ads by Sosun Fihaara

މިކަމަށް އޮތް ހައްލަކީ ކޮބައި ހެއްޔެވެ؟ މީގެ ހައްލަކީ "ހަލް އިންޝުއަރަންސް" އެވެ. އޮޑިވެރިންގެ ބޭނުންތަކަށް ފެތޭނެހެން ފަރުމާކޮށްފައިވާ ހަލް އިންޝުއަރަންސްގެ ތެރެއިން ގިނަ ހާދިސާތަކަކަށް ރައްކާތެރިކަން ލިބެއެވެ. 

ހަލް އިންޝުއަރަންސަކީ ކޮބާ؟

ސާދާ ބަހުން ބުނާނަމަ ހަލް އިންޝުއަރަންސް އިން ތިބާގެ އުޅަނދާއި ފަސިންޖަރުންނައް ލިބޭ އެކި ކަހަލަ ގެއްލުންތަކަށް ބަދަލު ލިބެއެވެ. އޭގެ ތެރޭގައި މޫސުން ގޯސްވުމުން ލިބޭ ގެއްލުމާއި އަލިފާނުގެ ހާދިސާ ތަކުން ލިބޭ ގެއްލުން، އެއްޗެއް ގޮވައިގެން، ކަނޑުފޭރުމުގެ އަމަލުތަކުން ވިޔަސް ނުވަތަ ފަޅުވެރިއެއްގެ ސަބަބުން ތިބާގެ އުޅަނދަށް ލިބޭ ގެއްލުންތަކުބޮޑެތި ގެއްލުމުގެ އިތުރުން ކަނޑުމަތީގެ އެހެނިހެން ހާދިސާ ތަކުން ލިބޭ ގެއްލުންތަކަށް ބަދަލު ލިބެއެވެ.   

ހަލް އިންޝުއަރަންސް ނަގަންވީ ކީއްވެ؟

ތިބާގެ އުޅަނދު ގަދަ ކަނޑުތަކާއި ދިމާވެ ނުވަތަ އެކްސިޑެންޓްތައް ހިނގާފާނެ ފަދަ ތޮއްޖެހިފައިވާ ބަނދަރުތަކުގެ ތެރެއިން ދަތުރުކުރާތަން ތަޞައްވުރު ކޮށްލައްވާށެވެ. ހަލް އިންޝުއަރަންސް ފަދަ ރައްކާތެރިކަމެއް ނެތި އެއްވެސް ގެއްލުމެއް ލިބުމަކީ ޚަރަދު ބޮޑު މަރާމާތުތަކެއް ނުވަތަ އެއަށްވުރެ ގޯސްކޮށް މުޅި އިންވެސްޓްމަންޓް ގެއްލިދާނެ ކަމެކެވެ. ނަމަވެސް ހަލް އިންޝުއަރަންސާއިއެކު ކުރިން ލަފާނުކުރެވޭ ހާދިސާތަކުން ރައްކާތެރިކަން ލިބިފައިވާކަން އެނގިހުރެ އިތުބާރާއެކު ދަތުރުކުރެވޭނެއެވެ.

ހަލް އިންޝުއަރަންސްގެ ބާވަތްތަކަކީ ކޮބާ؟

ހަލް އިންޝުއަރަންސުގެ ދެ ވައްތަރެއް ހުރެ އެވެ. އެއް ވައްތަރަކީ އޮޑިއެއްކޮށް ހަލާކުވުމުން ބަދަލު ލިބިދޭ "ޓޯޓަލް ލޮސް ކަވަރ" އެވެ. އަނެއް އިންޝުއަރަންސަކީ ހުރިހާ ކަވަރޭޖެއް ހިމެނޭ "ފުލް ކަވަރ" އެވެ. 

ފުލްކަވަރއިން އޮޑިއަށް ދިމާވާ ގިނަ ހާދިސާތަކުން ލިބޭ ގެއްލުމުން ރައްކާތެރިކަން ލިބިދޭނެ އެވެ. މި ޕެކޭޖު ފަރުމާކޮށްފައިވަނީ ބޭނުންވާ އެކި ބައިތައް އެޑްކޮށްލެވޭ "އެޑް އޯންތައް" ހިމަނައިގެންނެވެ. 

ޓޯޓަލް ލޮސްގެ ދަށުން، އުޅަނދެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވުމުން އޭގެ ބަދަލު ލިބޭނެ އެވެ. އެގޮތުން، އުޅަނދެއް ފެތިގެން ސަލާމަތް ނުކުރެވިއްޖެނަމަ އޭގެ ފުރިހަމަ ބަދަލު ލިބި، އުޅަނދެއް ފަރަށް އަރައިފިނަމަ އެ އުޅަނދު ފުންކޮށް، ކަފު ޖަހައިގެން ގެންދިއުމުގެ ހަރަދުގެ އިތުރަށް، އެ އުޅަނދެއް ބޭނުން ނުކުރެވޭ ހާލަތުގައި އޮތް ނަމަ އޭގެ ބަދަލު ވެސް ލިބެއެވެ.  

ހަލް އިންޝުއަރަންސް ނެގުމުގައި ސަމާލުވާންވީ ކޮންކަމަކަށް؟ 

މިއިންޝުއަރަންސް ޕްލޭން ނަގާއިރު އެންމެ އިސްކަން ދޭންޖެހޭ ކަމަކީ އޮޑީގެ ހަމަ އަގު އިންޝުއަރަންސް ކުންފުންޏާއި ހިއްސާ ކުރުމެވެ. މިއީ ހާދިސާއެއް ހިނގުމުން ބަދަލު ލިބިދޭން ފަސޭހަ ވެގެން ދާނެ ކަމެކެވެ. މިއީ އިންޝުއަރަންސް ނަގާ ބައެއް އޮޑިވެރިންނަށް މަދުން ނަމަވެސް ކުރެވޭ ކަމެކެވެ. އިންޝުއަރަންސް ޕެކޭޖު ނަގަން އަހަރަކު އެއް ފަހަރު ދައްކާ ޕްރިމިއަމް ކުޑަކުރަން އޮޑީގެ ހަމައަގު ދަށް ކުރެއެވެ. މިހެން ހެދުމުން، ހާދިސާއެއް ދިމާވުމުން ބަދަލުގެ ގޮތުގައި ލިބޭ އަދަދު މަދުވެއެވެ. އޮޑިއަށް ލިބޭ ގެއްލުމަށްވުރެ އިންޝުއަރަންސް ކުންފުނިން ބަދަލުގެ ގޮތުގައި ލިބޭ އަދަދު މަދުވެ، އިންޝުއަރަންސް ނެގުމުގެ ހަގީގީ ބޭނުން ގެއްލިގެންދެ އެވެ. އެހެންކަމުން މިއީ ހަލް އިންޝުއަރަންސް ނަގުމުގައި ސަމާލުކަންދޭން ޖެހޭ ކަމެކެވެ.

އޮމާން ދަތުރުފަތުރު ފެށެނީ ރަނގަޅު ރައްކާތެރިކަމަކުންނެވެ. ގެއްލުމެއް ލިބިއްޖެ ހާލަތެއްގައި ހަލް އިންޝުއަރަންސްގެ ސަބަބުން މާލީ ބުރަ އެކަނި ކޮނޑުގައި ނުޖެހޭނެކަން ކަށަވަރުކޮށްދެއެވެ. މިއަދު ހަލް އިންޝުއަރަންސް އަށް އިންވެސްޓްކޮށް އިތުބާރާއެކު ކަނޑުތަކުގައި ދަތުރުކުރާށެވެ! މިކަމަށް ހަރުދުވާނެ އަގު އަންދާޒާކޮށްލުމަށް https://myallied.mv/type/marine-hull-allied/smart-quote ވަންނަވާށެވެ. ހަލް އިންޝުއަރަންސްގެ އިސްލާމިކް އިހްތިޔާރީ ބޭނުންވާ ފަރާތްތަކަށް އެލައިޑް އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލް މެދުވެރިކޮށް ހަލް ތަކާފުލް ވެސް ހިޔާރުކުރެވިދާނެ އެވެ. 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!