ޚަބަރު

މިއަދު ވެސް މޫސުން ގޯސް، އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި, އުތުރުގެ ރަށްތަކަށް މިއަދު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ މޯލްޑިވްސް މީޓިއޮރޮލޮޖީ ސާވިސް (މެޓް އޮފީހުން) ރީނދޫ ސަމާލު ނެރެފިއެވެ.

Ads by Hajj Corporation

ރީނދޫ ސަމާލު ނެރުނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށް މިއަދު ހަވީރު 5:00 އާ ހަމައަށެވެ. މެޓް އޮފީހުން ވިދާޅުވީ އެ ވަގުތާ ހަމައަށް އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.

މިއަދު ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަށް މަޑުވާނެކަމަށާއި ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކޮށް މެޓުން ބުނީ ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 4 ފޫޓާއި ދެމެދުގައިކަމަށެވެ.

ރީނދޫ ސަމާލު ނެރެފައިވާއިރު ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ބައެއް ފިޔަވަޅުތައް:

  • ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި އުޅަނދުގައި މުއާސަލާތީ ވަސީލަތްތައް ހަމަކުރުން.
  • ކޮޅިގަނޑުގައި އަންނަ ގަދަ ވަޔަށް ސަމާލުވެ، ޚާއްސަކޮށް ދެރަކޮށް ހެދިފައި ހުންނަ އިމާރާތްތަކާއި ގެދޮރުގައި ހުންނަ ފުރާޅު ފަދަ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން.
  • ބޯކޮށް ވާރޭ ވެހި ފެންބޮޑުވެދާނެ ފަދަ ހާލަތްތަކަށް ތައްޔާރުވުން.
  • ބޯކޮށް ވާރޭ ވެހި ފެންބޮޑުވެދާނެ ފަދަ ހާލަތްތަކަށް ތައްޔާރުވުން.
  • ގެއަށް ފެން ވަދެފާނެ ކަމުގައިވާ ނަމަ ގޭ ބޭރުގައި ވެލިބަސްތާ ފަދަ ތަކެތި ޖައްސައިގެން ގެއަށް ފެން ނުވަންނާނެ ފިޔަވަޅުތައް އެޅުން.
  • ފެން ޖެހި ހަލާކުވާނެ ފަދަ މުދަލާއި ތަކެތި ފެނުގެ އަސަރު ނުފޯރާނެ ފަދަ ތަންތަނަށް ބަދަލުކުރުން.
  • އަލަށް އިމާރާތް ކުރަން ފަށައިފައިވާ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި, ފާއިތުވި ދެ ދުވަހު ވެސް މާލެއަށް ބޯކޮށް ވާރޭވެހި, ބައެއް ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފައެވެ.

އިއްޔެ ހަވީރުން ފެށިގެން ކ. ގުރައިދޫ އަށް ވެސް ބޯކޮށް ވާރޭވެހި 50 ގެއަކަށް ފެން ވަދެގެން އެމްއެންޑީއެފުން ވަނީ ހަރަކާތްތެރިވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!