ޚަބަރު ވިޔަފާރި

ތިލަފުށިން ބިން ގަންނަން ދިވެހިންނަށް ހުޅުވާލައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ތިލަފުށި ނަތިން ނަގާފައިވާ ފޮޓޯއެއް - ފޮޓޯ: އެޗްޑީސީ

ވެރިރަށް މާލެ ސަރަހައްދުގެ ސިނާއީ އަވަށެއްގެ ގޮތުގައި އޮންނަ ތިލަފުށީގެ ދެވަނަ ފިޔަވަހިން ބިން ގަންނަން ބޭނުންވާ ވިޔަފާވެރިންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

Ads by MWSC

ހުޅުމާލެއާއި ގުޅީފަޅުގެ އިތުރުން ތިލަފުށި ބަލަހައްޓާ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނެރުނު އިއުލާނެއްގައި ބުނާ ގޮތުން ކުރިމަތިލެވެނީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހިންނަށާއި ކުންފުނީގެ 100 ޕަސެންޓް ހިއްސާ ދިވެހިންނަށް އޮންނަ ކުންފުނިތަކަށް އެކަންޏެވެ.

މި ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 1700 ރުފިޔާ އެވެ. ބީލަމުގެ ސުންގަޑިތަކެއް އިއުލާނަކު ނެތެވެ.

ދެވަނަ ފިޔަވަހިން ތިން ބޮޑު މިނަކަށް ތިލަފުށިން ބިން ވިއްކުމަށް ނިންމާފައިވެ އެވެ. 2،500 އަކަފޫޓާއި 4،999 އަކަފޫޓާ ދެމެދުގެ 64 ބިމެއް ވިއްކަ އެވެ. 5،000 އަކަފޫޓާއި 9،999 އަކަފޫޓޫގެ 42 ބިމެއް ވިއްކަ އެވެ. އަދި 10،000 އަކަފޫޓާއި 14،999 އަކަފޫޓޫގެ ވިއްކަން ނިންމާފައިވަނީ ދެ ބިމެކެވެ.

މީގެ އިތުރުން ތިލަފުށި ފުރަތަމަ ފިޔަވަހިން ބިން ކުއްޔަށް ނަގާފައިވާ ފަރާތްތަކަށް، ބިން މިލްކު ކުރެވޭ ގޮތަށް ގަންނަން ވެސް ހުޅުވާލާފައިވެ އެވެ. އެ ގޮތަށް ހުޅުވާލީ 5،000 އަކަފޫޓަށް ހަމަވާ ނުވަތަ އެއަށް ވުރެ ބޮޑެތި ބިންތައް ކުއްޔަށް ނަގާފައިވާ ފަރާތްތަކަށެވެ.

އެޗްޑީސީން ކުރި އިއުލާން:

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!