ދުނިޔެ

ކަޅު ނަސްލުގެ މީހަކަށްވީތީ އެމެރިކާ ފުލުހުން އަނެއްކާވެސް ރަހުމް ކުޑަ ގޮތަކަށް މީހަކު މަރާލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެމެރިކާގެ ގިނަ މީހުންނަކީ ކަޅު ނަސްލުގެ މީހުން، ނުވަތަ ހަމުން ކަޅު މީހުން ދެކެ ރުޅި އަންނަ ބައެއްކަން އަބަދުވެސްް ހާމަވެފައިވެއެވެ. ޚާއްސަކޮށް އެމެރިކާގެ ފުލުހުންނަކީ ހަމުން ކަޅު މީހުންނަށް ވަރަށް އަނިޔާވެރި ބައެކެވެ. އެޤައުމުުގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާއި ހަވާލުވި ފަހުން އެކަންތައް ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ.

Ads by Sosun Fihaara

މިއަހަރުގެ މާރޗް މަހު ޖޯޖް ފްލޮއިޑް ނަމަކަށް ކިޔާ ކަޅު ނަސްލުގެ މީހަކު ވެސް ވަނީ އެމެރިކާގެ މައިންސޮޓޯ ފުލުހެއްގެ އަތްދަށުވެ މިދުނިޔެއާއި އަލްވަދާއު ކިޔާފައެވެ.

ޖޯޖް ފްލޮއިޑް އަށް އިންސާފު ހޯދައި ދިނުމަށް އެތައް ބަޔަކު މުޒާހަރާ ކޮށްފައިވާއިރު، އޭގެ ހަފްތާއެއް ކުރިން ނިއު ޔޯކް ގައި ޑެނިއަލް ޕްރޫޑް ނަމަކަށް ކިޔާ މީހަކު ވެސް ވަނީ މިފަދައިން މަރާލާފައިކަން އާއްމުންނަށް ހާމަވީ ދާދި ފަހުންނެވެ.

ޑެނިއަލް އާއިމެދު ފުލުހުން ކަންްތައް ކުރި ގޮތުގެ ވީޑިއޯ މިހާރު މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އެވީޑިއޯ އިން ފެންނަނީ ޑެނިއަލް ލައިގެން ހުރި އަންނައުނު ވެސް ބާލުވާ އޭނާ ބަރަހަނާ ކޮށްފައި، ދެއަތް ފަހަތަށް ގެންގޮސް ބިޑި އަޅުވާފައިވާ ތަނެވެ.

އެއަށްފަހު އެރަހުމުކުޑަ ފުލުހުން، ޑެނިއަލް ލައިގެން ހުރި ޓީޝާޓުގެ ހުޑަށް ކުޅުޖަހާފައި، ކުޅުތަކާއެކު ޑެނިއަލްގެ ބޮލުގައި އަޅުވާ ނޭވާ ހާސް ކޮށްލައެވެ.

އުމުރުން 41 އަހަރުގެ ޑެނިއަލް މަރުވީ މިއަހަރުގެ މާރޗް މަހުގެ 23 ވަނަ ދުވަހުގައެވެ. ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އޭނާ މަރުވީ ސިކުނޑި މަރުވުމުގެ ސަބަބުންްނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!