ޚަބަރު

ޑިމޮކްރެޓްސްގެ ފުރަތަމަ އިންތިޚާބީ މޮޅު؛ މަޑުއްވަރީ ރައީސްކަން ހޯދައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދި ދަ ޑިމޮކްރެޓްސް އިން, މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ބައި-އިލެކްޝަން ގައި މ. މަޑުއްވަރީ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކޮށްފިއެވެ.

Ads by Hajj Corporation

މިއީ ޑިމޮކްރެޓްސް އުފެއްދި ފަހުން އިންތިހާބެއްގައި ލިބުނު ފުރަތަމަ ކާމިޔާބީއެވެ.

ޑިމޮކްރެޓްސްއިން ވާދަކުރި ފުރަތަމަ ރިޔާސީ އިންތިހާބުގައި ތިންވަނަ ލިބި ދެވަނަ ބުރަށް ވެސް ނުދެވުނެވެ. ނިމިދިޔަ މަޖިލިސް އިންތިހާބުގައި އެންމެ ގޮނޑިއެއް ވެސް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. މާލޭގެ މޭޔަރު ބައި އިލެކްޝަން އަދި އެހެނިހެން ބައި އިލެކްޝަންތަކުން ވެސް އެ ޕާޓީއަށް މާ ބޮޑު ތާއީދެއް ނުލިބެ އެވެ.

މިއަދު ހަ ކައުންސިލެއްގެ ބައި-އިލެކްޝަން ބާއްވާފައިވާއިރު އެއިން މ. މަޑުއްވަރީ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބު ކުރީ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރި މުހައްމަދު އާޒިމް އަލީ (ޓޮޓީ)އެވެ. އޭނާއާ ވާދަކުރީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން އަބްދުالله އަލީއެވެ.

ދެން އޮތް ބައި އިލެކްޝަންތަކަކީ، ނ. ނިލަންދޫ, ނ. ވެލިދޫ, ހއ. ތަކަންދޫ އަދި ހއ. އުތީމު ކައުންސިލްގައި ހުސްވި ގޮނޑިތަކުގެ ބައި އިލެކްޝަނެވެ.

ނ. ވެލިދޫ ކައުންސިލަށް ކުރިމަތިލީ ޕީއެންސީގެ ކެންޑިޑޭޓު އަބްދުالله އަބްދުއްރައްޒާގު އަދި އެމްޑީޕީގެ ކެންޑިޑޭޓު އައިމިނަތު ޝިފާޒާއެވެ. އިންތިޚާބު ކާމިޔާބު ކުރީ ކޮންގްރެސް ޕާޓީންނެވެ. ގޮނޑި ނެގީ 549 ވޯޓުންނެވެ. އެއީ 55.01 އިންސައްތައެވެ.

ރ އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު ކަމަށް ކުރިމަތިލާފައިވަނީ ކޮންގްރެސްގެ އައިމިނަތު ސަމާހާއާއި އެމްޑީޕީގެ ފާތިމަތި ސަމްހާއެވެ. އިންތިޚާބު ކާމިޔާބު ކުރީ ޕީއެންސީއެވެ.

ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު ކަމަށް ކުރިމަތިލާފައިވަނީ އެމްޑީޕީގެ ރަޙްމާ އަބްދުاللهއާއި ޕީއެންސީގެ ސަމީނާ މުޙައްމަދެވެ. އިންތިޚާބު ކާމިޔާބު ކުރީ ޕީއެންސީއެވެ.

ނ. ލަންދޫ ކައުންސިލަށް ކުރިމަތިލާފައިވަނީ އެމްޑީޕީ އަދި ކޮންގްރެސް އިންނެވެ. އެއީ އެމްޑީޕީން އަބްދުالله އާރިފާއި ކޮންގްރެސް ޕާޓީން މުޙައްމަދު ޝުޖާއުއެވެ. އިންތިޚާބު ކާމިޔާބު ކުރީ އެމްޑީޕީންނެވެ.

ހއ. އުތީމު ކައުންސިލް މެންބަރު ކަމަށް ކުރިމަތި ލާފައިވަނީ ކޮންގްރެސްގެ އިބްރާހީމް ސުނާހުއާއި އެމްޑީޕީގެ މުޙައްމަދު އައުފު އެވެ. މި ގޮނޑި ނެގީ ޕީއެންސީ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!