މިއަދުގެ ބައި-އިލެކްޝަންތައް: ޕީއެންސީއަށް 4, އެމްޑީޕީއަށް 1, ޑިމޮކްރެޓްސްއަށް 1
މިއަދު ކުރިޔަށްދިޔަ ހަ ކައުންސިލުގެ ބައި-އިލެކްޝަންތަކުން ސަރުކާރު ހިންގާ ޕީއެންސީ/ޕީޕީއެމް އިން 4 ގޮނޑި, އިދިކޮޅު އެމްޑިޕީން އަދި ޑިމޮކްރެޓްސް އިން ގޮނޑިއެއް ކާމިޔާބުކޮށްފިއެވެ.
ބައި އިލެކްޝަންތައް ކުރިޔަށް ގޮސްފައިވަނީ މ. މަޑުއްވަރި, ނ. ނިލަންދޫ, ނ. ވެލިދޫ, ހއ. ތަކަންދޫ އަދި ހއ. އުތީމުގެ އިންތިޚާބީ ގޮނޑިތަކަށެވެ.
މަޑުއްވަރީ ކައުންސިލްގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ ޑިމޮކްރެޓްސްގެ މުޙައްމަދު އާސިމް އަލީ (ޓޮޓީ)އެވެ. އޭނާ ވާދަކުރީ ސަރުކާރުގެ ކޮންގްރެސް ޕާޓީ, އަބްދުالله އަލީއެވެ. އެ ދާއިރާއަށް އެމްޑީޕީން ވާދައެއް ނުކުރެއެވެ. ޓޮޓީއަށް 194 ވޯޓު ލިބުނުއިރު އަބްދުﷲ އަށް ލިބުނީ 144 ވޯޓެވެ.
ނ. ވެލިދޫ ކައުންސިލަށް ކުރިމަތިލީ ދެ ކެނޑިޑޭޓުންނެވެ. އެއީ ކޮންގްރެސް ޕާޓީގެ ޓިކެޓުގައި އަބްދުالله އަބްދުއްރައްޒާޤާއި އެމްޑީޕީގެ އައިމިނަތު ޝިފާޒާއެވެ. އީސީން އާއްމުކޮށްފައިވާ ވަގުތީ ނަތިއްޖާ ދައްކާ ގޮތުން ރައްޒާގު އިންތިހާބު ކާމިޔާބުކުރީ 549 ވޯޓުންނެވެ. ޝިފާޒާ އަށް ލިބުނީ 449 ވޯޓެވެ.
ރ އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު ކަމަށް ކުރިމަތިލާފައިވަނީ ކޮންގްރެސްގެ އާއިޝަތު ސަމާހާ އާއި އެމްޑީޕީގެ ފާތިމަތި ސަމްހާއެވެ. ސަމާހާ އިންތިހާބު ކާމިޔާބު ކުރީ 243 ވޯޓުންނެވެ. ސަމްހާ އަށް ލިބުނީ 78 ވޯޓެވެ.
ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު ކަމަށް ކުރިމަތިލާފައިވަނީ އެމްޑީޕީގެ ރަޙްމާ އަބްދުالله (ރަހޫ) އާއި ކޮންގްރެސްގެ ސަމީނާ މުޙައްމަދެވެ. ރަހުމާ 174 ވޯޓުން ލިބުނުއިރު 207 ވޯޓު ހޯދައިގެން އިންތިހާބު ކާމިޔާބުކުރީ ސަމީނާއެވެ. ޖުމްލަ 387 މީހަކު ވަނީ ވޯޓުލާފައެވެ.
ނ. ލަންދޫ ކައުންސިލަށް ކުރިމަތިލާފައިވަނީ އެމްޑީޕީ އަދި ކޮންގްރެސް އިންނެވެ. އެއީ އެމްޑީޕީން އަބްދުالله އާރިފާއި ކޮންގްރެސް ޕާޓީން މުޙައްމަދު ޝުޖާއުއެވެ. އެމްޑީޕީގެ އާރިފް އިންތިހާބު ކާމިޔާބުކުރީ 303 ވޯޓުންނެވެ. ޝުޖާއު އަށް ލިބުނީ 271 ވޯޓެވެ.
ހއ. އުތީމު ކައުންސިލް މެންބަރު ކަމަށް ކުރިމަތި ލާފައިވަނީ ކޮންގްރެސްގެ އިބްރާހީމް ސުނާހުއާއި އެމްޑީޕީގެ މުޙައްމަދު އައުފުއެވެ. 204 ވޯޓާއެކު އިބްރާހިމް ސުނާން އިންތިހާބު ކާމިޔާބު ކުރިއިރު މުހައްމަދު އައުފް އަށް ލިބުނީ 199 ވޯޓެވެ.