ލައިފްސްޓައިލް

ދުވާލަކު އެންމެ ދެ ގަޑިއިރު ކުދިން ޓީވީ ބަލަން ހޭދަކުރިޔަސް ކިޔެވުމަށް ނޭދެވޭ އަސަރުކުރޭ: ދިރާސާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑްގެ މިޙާލަތާއި ގުޅިގެން އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް މިވަނީ ބޭރަށް ނުނިކުމެ ގޭތެރޭގައި ގިނަ ވަގުތު ހޭދަ ކުރާށެވެ.
މިއީ އަޅުގަނޑުމެން ބޮޑެތި މީހުންނަށް ވެސް އުނދަގޫކަމަކަށް ވާއިރު، މިކަމުގައި އެންމެ ބޮޑު އަސަރެއް ކުރާ އެއްބަޔަކީ ކުޑަ ކުދިންނެވެ.

Ads by STELCO

ބޭރަށް ނުދެވި، ކްލާސްކުދިންނާއި ނުވަތަ އެކުވެރިންނާއި ވެސް ބައްދަލު ނުކުރެވި ހުންނަން ޖެހުމުން އެކުދިންވާ ފޫހި އިންތިހާއަށް ބޮޑެވެ.
އެހެންކަމުން ގިނަ ބެލެނިވެރިން މިހާރު ވެސް އަންނަނީ އެމީހުންގެ ދަރިން ޓީވީ ބެލުމަށް ނުވަތަ ވީޑިއޯ ގޭމް ކުޅުމަށް އިތުރު ވަގުތުވެސް ދެމުންނެވެ.
ނަމަވެސް، ފަހުގެ ދިރާސާތަކުން ބުނާގޮތުގައި، ކުޑަކުދިން ޓީވީ ބަލަން ގިނަވަގުތު ބޭތިއްބުމަކީ އެކުދިންގެ ތަަޢުލީމަށް ވަރަށް ނުރަނގަޅު އަސަރު ކުރާ ކަމެކެވެ.

މެލްބޯން ގައި ހުންނަ މަރޑޮކް ޗިލްޑްރެންސް ރިސާޗް އިންސްޓިޓިއުޓުން ކުރި ދިރާސާ އެއްގައި ބުނެފައިވަނީ ދުވާލަކު އެންމެ ދެ ގަޑިއިރު ޓީވީ ބަލަން ހޭދަ ކުރި ކުދިންގެ ކިޔެވުމަށް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ. އެކުދިންގެ ފިލާވަޅުތައް އުނގެނުމުގެ ގާބިލިއްޔަތުކަން ވަނީ ހަތަރު މަސް ދުވަސް ފަހަތަށް ޖެހިފައި ކަމަށާއި ހިސާބަށާއި ފޮތް ކިޔުމަށް ވެސް ބޮޑު ނޭދެވޭ އަސަރެއް ކޮށްފައިވާ ކަމަށް ދިރާސާއިން ވަނީ ދައްކާފައެވެ.

މިދިރާސާ ކުރި ލީޑް ރިސާޗަރު ޑރ. ލީސާ މުންޑީ ބުނެފައިވަނީ ހޯދުނު މި މައުލޫމާތުގެ އަލީގައި ބެލެނިވެރިންނާއި ޓީޗަރުން، އެކުގައި މަސައްކަތްކޮށް ދަރިވަރުންނަށް އެހީތެރިވެވިދާނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!