ޚަބަރު އިޖުތިމާޢީ

މަކަރު ހަދައިގެން ފައިސާ ހޯދި މީހަކު ހޯދަން ފޮޓޯ އާންމުކޮށްފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މަކަރުން ފައިސާ ހޯދި މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފި

މަކަރާއި ހީލަތުން ފައިސާ ހޯދި މީހަކު ހޯދަން ދިވެހި ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

Ads by STELCO

މިމައްސަލައިގައި ހޯދަން އިއުލާންކޮށް މައުލޫމާތު އާންމުކޮށްފައިވަނީ ކ. މާލެ ދަފްތަރު ނަމްބަރު 1817، ހުސައިން ޖަޒްލާން (28އ) އެވެ.

ފުލުހުންގެ އިދާރާއިން ބުނީ ހުޅުމާލެ ފޭސް 2 އިންވެސްޓިގޭޝަން ޑިޕާޓްމެންޓުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައެއްގެ ތަހުގީގަށް ޖަޒްލާން ހާޒިރު ކުރަން ބޭނުންވާ ކަމަށެވެ. އަދި އޭނާގެ ފޮޓޯއާއި އެހެނިހެންވެސް މައުލޫމާތު އާންމުކުރީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީކަމަށް ފުލުހުން ބުންޏެވެ.

މިގޮތަށް އާންމުންގެ އެހީތެރިކަން ހޯދަން އިއުލާން ކުރަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.

ފުލުހުން ވަނީ މިމަހުގެ 17 ވަނަ ދުވަހުގެ މެންދުރުފަހު 15:00 އަށް ހުޅުމާލޭ ފޭސް 2 ގެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް ޖަޒްލާންއަށް އަންގައިފަ އެވެ.

Ads by Ooredoo
  1. ތިމަންނަ

    ދަފުތަރު ހެދިމީހަކު ދަފުތަރުހެދީމާ ގައުމަށް ބޮޑު ބަލާ އަކަށް ވެއްޖެ