ބޮލީވުޑް މުނިފޫހިފިލުވުން

އަދިތިޔަ އާއި އަނަންނިޔަގެ ގުޅުން ކެނޑި، ސާރާއާ ގުޅުނުކަމުގެ އަޑު ގަދަވެއްޖެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އަދިތިޔަ ރޯއީ ކަޕޫރު، އަނަންނިޔަ ޕާންޑޭ އަދި ސާރާ އަލީ ހާން

ބޮލީވުޑް ދެ ތަރިން ކަމަށްވާ އަދިތިޔަ ރޯއީ ކަޕޫރާއި އަނަންނިޔަ ޕާންޑޭއާއި ދެމެދު އޮތް ލޯބީގެ ގުޅުން ކެނޑިފައިވާކަމުގެ އަޑުތައް ގަދަވެއްޖެ އެވެ.

Ads by STELCO

މި ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް މިދިޔަ 2022 ވަނަ އަހަރުން ފެށިގެން މީޑީއާތަކުން ދިޔައީ ރިޕޯޓު ކުރަމުންނެވެ. އެހެންނަމަވެސް މިކަން ދެތަރިން މީޑިއާތަކާއި ހިއްސާކޮށްފައެއް ނުވެ އެވެ.

އެންމެ ފަހުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މީގެ ދުވަސްކޮޅެއް ކުރިން އަދިތިޔަ އާއި އަނަންނިޔަގެ ގުޅުން ވަނީ ކެނޑިފަ އެވެ. އަދި މިހާރު އަދިތިޔަ އުޅެނީ އަނަންނިޔަގެ އެންމެ ގާތް ރަހުމަތްތެރިޔާ ސާރާ އަލީ ހާންއާއި ލޯބީގެ ގޮތުން ގުޅިގެންކަމަށް ރިޕޯޓުތައް ބުނެ އެވެ.

އަދިތިޔަ އާއި ސާރާ ދަނީ އެކީގައި ފެންނާނެ ފުރަތަމަ ފިލްމު "މެޓްރޯ އިން ޑައިނޯ" ގެ މަސައްކަތް ކުރަމުންނެވެ. ދާދި ފަހުން ވަނީ މި ދެތަރިން އެއްކޮށް ޕާޓީއަކުން ފެނިފަ އެވެ. މި ޕާޓީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

މީގެ ކުރިން އަނަންނިޔަ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ އެކްޓަރު ކާރްތިކް އާރްޔާން އާއެވެ. ކާރްތިކް އަނަންނިޔަ އާއި ވަކިވުމަށްފަހު ލޯބީގެ ގޮތުން ގުޅުނީ ސާރާ އާއެވެ. އެހެންނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސާރާއާއި ކާރްތިކްގެ ގުޅުންވެސް ވަނީ ކެނޑިފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!