ހުޅުމާލޭގައި މިރޭ ހަވާ އަރުވަނީ

ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ހުޅުމާލޭގައި ބާއްވާ "އުފާ ފެސްޓިވަލު" ނިންމާލުމުގެ ގޮތުން މިރޭ ހަވާ އަރުވަން ނިންމައިފިއެވެ.
ރާއްޖޭގައި ހަވާ އެރުވުމުގެ ހުއްދަ އޮންނަ އެމްއެންޑީއެފް އިން މިއަދު ބުނީ ވިޔަފާރި އުސޫލުން އަމިއްލަ ފަރާތްތަކުން އެދުމުން މިރޭ 10:00 ގައި ހަވާ އަރުވާނެ ކަމަށެވެ. އަދި ހަވާ އަރުވަނީ 3 މިނެޓަށް ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެއެވެ.
ކުޑަކުދީންގެ ދުވަސް ފާހަގަކުރުމަށް އިޖްތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން އިސްނަގައިގެން "އުފާ ފެސްޓިވަލް" ގެ ނަމުގައި ބާއްވާ މި ކާނިވަލް އަކީ ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީ އަދި އުރީދޫ ގުޅިގެން ބާއްވާ ހަރަކާތެކެވެ.
މި ކާނިވަލްގައި ބައިވެރިވާ ކުޑަކުދީންނަށް ގުރުއަތުގައި ބައިވެރިވެ ހާއްސަ އިނާމްތަކެއް ލިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިރޭ ވެސް 8:00 އިން 10:00 އަށް ކާނިވަލްގެ ހަރަކާތެއްގެ ގޮތުގައި ހާއްސަ މޫވީ ނައިޓެއް ކުރިއަށްދާނެއެވެ.
ސަޅި