Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ބޮލީވުޑް

ސަލްމާންއަށް ދުވަހަކުވެސް ކައިވެންޏެއް ނުކުރެވޭނެ: މިތޫން

ސަލްމާންއަށް ދުވަހަކުވެސް ކައިވެންޏެއް ނުކުރެވޭނެ: މިތޫން

ބޮލީވުޑް ސުޕަސްޓާ ސަލްމާން ހާންއަށް ދުވަހަކުވެސް ކައިވެންޏެއް ނުކުރެވޭނެ ކަމަށް ވެޓެރަން އެކްޓަރު މިތޫން ޗަކްރަބޮތީ ބުނެފި އެވެ.

ސަލްމާން އާއި މިތޫން އަކީ ވަރަށް ގާތް ދެ އެކުވެރިންނެވެ. މިތޫން ބުނާ ގޮތުގައި ސަލްމާންއާ ދިމާވާ ކޮންމެ ފަހަރަކު އެދެމީހުންގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމުގެ ސަބަބުން ހީ ސަކަރާތް ނުޖަހާ ނުތިބެވެ އެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި މިތޫން ވަނީ ސަލްމާޏް އާއިއެކު "ލަކީ: ނޯ ޓައިމް ފޮ ލަވް" ފިލްމުގެ ހަނދާންތައް އާކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި އެފިލްމުގެ ޝޫޓިން ކުރިއަށް ދިޔައިރު ސަލްމާން ވަރަށް ގިނައިން މިތޫންއަށް ލަނޑު ދެ އެވެ. އެއީ ސަލްމާންގެ ތޮބީއަތް ކަމަށް މިތޫން ބުންޏެވެ.

Advertisement
HDC — Sidebar (box)

މިތޫން ބުނީ ސަލްމާންގެ ފަރާތުން އަންހެން ކުދިންނަށް ލޯބި ފެނުނަސް ސަލްމާންއަށް ކައިވެނި ނުކުރެވޭނެ ކަމަށެވެ. ސަލްމާން ދަނީ ހުރިހާ އަންހެން ކުދިން މޮޔަ ހައްދަމުން ކަމަށްވެސް މިތޫން ބުންޏެވެ.

މިވާހަކަ ސަލްމާންގެ ކައިރީގައިވެސް ބުނެފައިވާނެކަމަށް މިތޫން ވަނީ އެ އިންޓަވިއުގައި ބުނެފަ އެވެ.

ސަލްމާންގެ އުމުރުން 58 އަހަރެވެ. އޭނާ ވަނީ އެކި އެކްޓަރުންނާއި ލޯބީގެ ގޮތުން ގުޅިފަ އެވެ. އެގޮތުން އެންމެ މަޝްހޫރު ވެގެންދިޔަ ވާހަކައަކީ ބަތަލާ އައިޝްވާރިޔާ ރާއީއާއި ސަލްމާންގެ ލޯބީގެ ވާހަކަތަކެވެ.

މީގެ އިތުރުން ބަތަލާ ކެޓްރީނާ ކެއިފް، ޖެކޮލީން ފަރްނޭންޑަސް، ޕޫޖާ ހޭގްޑޭ، ޒެރީން ހާން ފަދަ ތަރިންނާ ސަލްމާން ލޯބީގެ ގޮތުން ގުޅުނުކަމުގެ އަަޑުތައް ފެތުރުނެވެ. ކައިވެންޏަކާއި ގުޅޭގޮތުން ސަލްމާން މާ ތަފްސީލުކޮށް ވާހަކައެއް ނުދައްކަ އެވެ. އެހެންނަމަވެސް ދެން ކައިވެންޏެއް ނުކުރާނެކަން ދޭހަވާފަދަ ގޮތަކަށް ސަލްމާން މީގެ ކުރިން ވަނީ ވާހަކަ ދައްކައިފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް