ބޮޑު ޖަލު ހުކުމެއްގައި ހުއްޓާ ކުރީ ސަރުކާރުން މިނިވަންކުރި މީހަކު ހައްޔަރުކޮށްފި
76 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން މިނިވަންކުރި މީހަކު މަސްތުވާތަކެއްޗާއެކު އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރަށް ނިސްބަތްވާ މުންތަސަރު ޔޫސުފް ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ މައްޗަށް 76 އަހަރުގެ ޖަލު ހުކުމެއް އިއްވީ ތަފާތު 4 މައްސަލައެއްގެ ދައުވާގަ އެވެ.
ރައީސް ޞާލިހުގެ ސަރުކާރުގައި މުންތަސަރު މިނިވަންކުރީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް 12 ދުވަހަށް ވެފައި އޮއްވާ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ 28 ވަނަ ދުވަހު އެވެ. އޭނާ މިނިވަންކުރީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން 76 އަހަރުގެ ޖަލު ހުކުމް އެއް ދުވަހަށް ކުރުކޮށްދިނުމަށްފަހު އެވެ.
މަސްތުވާތަކެއްޗާއެކު މުންތަސަރު ހައްޔަރު ކުރީ މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ކަމަށް މައުލޫމާތު ލިބެ އެވެ. އޭނާ އަދިވެސް ހުރީ ތަހުގީގަށް ބަންދުކޮށްފަ އެވެ.
މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާއި ދިމާކޮށް ގިނަ އަދަދެއްގެ ގައިދީން މިނިވަންކުރީ ވޯޓު ހޯދަން ކަމަށް ތުހުމަތު ކުރެވެ އެވެ. ވަގުތުން ޖަލު ހުކުމުން މިނިވަން ކުރުމުގެ ބާރު ރައީސަށް ލިބިދީފައި ނޯންނާތީ ގިނަ ގައިދީން މިނިވަންކުރީ އެއް ދުވަހަށް ހުކުމް ކުރު ކުރުމަށްފަހު އެވެ.
ހުރިހާވެރިންކުރާކަމެއްތީ